ޑޮމިނިކަން ރިޕަބްލިކްގައި ހަތަރު މީހަކު މަރާލައި ތިން މީހަކު ޒަހަމްކޮށްލުމަށް ފަހު މީހަކު އަމިއްލައަށް މަރުވެއްޖެ އެވެ.

ޑޮމިނިކަންގެ ފުލުހުންގެ ސްޕޯކްސް ޕާސަން މެނުއެލް ކާސްޓްރޯ ވިދާޅުވީ، ޑޮމިނިކަންގެ ވެރިރަށް ސަންޓޯ ޑޮމިންގޯގައި ހިނގި އެ ހާދިސާގައި ބަޔަކު މަރާލުމަށް ފަހު އަމިއްލަ އަށް މަރުވެފައި ވަނީ އުމުރުން 26 އަހަރުގެ އެނެއުރީ ހެރެޑިއާ ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

ކާސްޓްރޯ ވިދާޅުވީ، އޭނާ ބަޔަކަށް ހަމަލާދީ މަރާލާފައި ވަނީ ރަހުމަތްތެރިއެއް މަރާލުމުން އެކަމުގެެ ބަދަލު ހިފުމަށް ކަމަށެވެ. އަދި އޭނާ މަރުވެފައި ވަނީ އަމިއްލަ ގަޔަށް ބަޑި ޖެހުމުން ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ފުލުހަަކު ހިމެނޭ އިރު، ޒަހަމްވި މީހުންގެ ތެރޭގައި 60 އަހަރުގެ ފިރިހެނެއް ވެސް ހިމެނޭ ކަމަށް އެގައުމުގެ ފުލުހުން ބުންޏެވެ.
މައުލޫމާތު: އޭޕީ