ފަތުރުވެރި ކަމުގެ ސިނާއަތައް އަމާޒުކޮށްގެން ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިޔާ މޯލްޑިވްސް (އެފްއެޗްއޭއެމް)އިން ބާއްވާ "ކަލިނެރީ ޗެލެންޖް އެންޑް އެގްޒިބިޝަން"ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޯގަސްޓު މަހުގެ 11 އާއި 12 އަދި 13 ވަނަ ދުވަހު ބާއްވާ އެ އެގްޒިބިޝަންގައި ރާއްޖެ އާއި އޭޝިޔާގެ އެކި ކަންކޮޅުތަކުން 500 އެއްހާ ޝެފުން ބައިވެރި ވާނެ ކަމަށް ދިވެހި އެެކްސްޕޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަޖުމަލް ވިދާޅުވި އެވެ.

ތަފާތު ޑިޒައިންތަކާއި ކާބޯތަކެތީގެ ވައްތަރުތަކުން ޒީނަތްތެރިކޮށްފައިވާ ތަކެތި ފެނިގެންދާ ކަލިނެރީ ޗެލެންޖު އެގްޒިބިޝަން"ގައި ބޭރުގެ ފަނޑިޔާރުންގެ ނިގެންދާނެ އެވެ.

އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ކަލިނެރީ އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވާނެ ޓީމެއް އޯގަސްޓު މަހު ބާއްވާ ކަލިނެރީ ޗެލެންޖުން ފައިނަލް ކުރާނެ އެވެ.

މިދިޔަ އަހަރު ބޭއްވި ކަލިނެރީ ޗެލެންޖު އެގްޒިބިޝަންގައި 100 އަށް ވުރެ ގިނަ ސްޓޯލާއެކު 350 ޝެފުން ބައިވެރިވެފައިވެ އެވެ.