08 Feb 2011, 11:08
16:00 ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ދެންމެ ވިދާޅުވީ އެ ޕާޓީއާއި ގައުމީ ޕާޓީއާ ގުޅިގެން 2013 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް ދެ ފަރާތުން އެއްބަސްވާ ކަންތައްތަކެއްގެ މައްޗަށް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ.
ތަސްމީން އެކަން ކަށަރުކޮށްދެއްވީ މިއަދު ބޭއްވި ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
15:21 ގައުމީ ޕާޓީގެ ޑިޕިއުޓީ ލީޑަރު މުހައްމަދު ޖަމީލު ވިދާޅުވީ ޑީއާރްޕީއާ ގުޅެން އެޕާޓީގެ ކައުންސިލުން ވެސް އިއްޔެ ނިންމާފައިވާ ކަމަށާއި އެހެން ނިންމީ ގައުމަށާއި ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތަކީ އެގޮތަށް ކަމަށް ގައުމީ ޕާޓީ ދެކޭތީ ކަމަށެވެ. އަދި ވިދާޅުވީ ޑީއާރްޕިއަކީ ވަރަށް ޒިންމާދާރު ކަމާއެކު މަސައްކަތްކުރާ، އިންތިހާބުތައް ކާމިޔާބުކުރާ ޕާޓީއަކަށްވުމުން އެޕާޓީއާ ގުޅިގެން ގައުމީޕާޓީއަށް މަސައްކަތް ކުރެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
14:54 ދެހާސް ތޭރަ ވަނަ އަހަރު ގައުމީ ޕާޓިއާ ގުޅިގެން ރިޔާސީ އިންތިުހާބުގައި ވާދަކުރުމަށް ޕާޓީގެ ކައުންސިލުން ދެންމެ ނިންމައިފި އެވެ. އެ ނިންމުމުގައި ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ދެ ޕާޓީ ގުޅިގެން ކުރިޔަށް ދިއުމަށް ވަނީ އިއްތިހާދުވެފަ އެވެ.
14:28 މިހާރަކު އަޑުގަދަ ކުރާ ހިފައިގެން ތިބި މީހުންނެއް ވެސް ނެތެވެ. ދުރުދުރުގައި ކޮންމެވެސް ވަރަކަށް މީހުން ޖަމާވެ އެބަތިއްބެވެ. އެންމެވެސް އިންތިޒާރުކުރަނީ ކައުންސިލް މީޓިން ނިމޭ ވަގުތަކަށެވެ. މީޓިން ދަނީ ހިނގަމުންނެވެ. ދޭތެރެ ދޭތެރެއިން ބައެއް މެންބަރުން ބޭރަށް ނުކުމެ ވަޑައިގަންނަވަ އެވެ.
14:19 ކައުންސިލް ބައްދަލުވުން ދޫކޮށް ނިހާން ދެންމެ ނުކުމެ ވަޑައިގެންފި އެވެ. ބައްދަލުވުން މެދުކަނޑާލިކަން ސާފެއް ނުވެ އެވެ. ސަރަހައްދަށް އެއްވެފައިވާ މީހުން ދަނީ މަދުވަމުންނެވެ.
13:44 މިވަގުތު ޕާޓީ އޮފީހުގެ ބޭރުގައި މީހުން އެއްވެފައި އޮތުން ފިޔަވައި އިތުރު ހަރަކާތެއް ނުހިނގަ އެވެ. ކައުންސިލް ބައްދަލުވުން ދަނީ ކުރިއަށެވެ. އަދިވެސް މަގުތަކުގައި އެއްޗެހި ދުއްވުމަށް ވަރަށް އުނދަގުލެވެ. ސަރަހައްދު ސާފު ކުރުމަށް ފުލުހުން މަސައްކަތް ކުރަަމުން އެބަދެ އެވެ.
http://www.sun.mv/uploads/l_509840.jpg
01:30 ހަމަނުޖެހުންތަކާހެދި ނުބޭއްވިދިޔަ ކައުންސިލް މީޓީން ފަށައިގެން ކުރިޔަށް އެބަދެ އެވެ. ބައްދަލުވުން ހިނގާއިރު ޑީއާރްޕީގެ އަންހެން ސަޕޯޓަރުންތައް ތަސް މީނާ ދެކޮޅަށް ޕާޓީ އޮފީސް ކައިރީގައި ޝުއޫރު ފާޅުކުރަމުން އެބަދެ އެވެ.
01:14 ކައުންސިލް ޖަލްސާއަށް ތަސްމީނާއި ޝާހިދު ދެންމެ ވަޑައިގެންފި އެވެ. ތަސް ވަޑައިގަތުމުން އޭނާގެ އިސްތިއުފާއަށް ވަނީ ގޮވާފަ އެވެ. ޝާހިދުގެ އިސްތިއުފާއަކަށް ނުގޮވަ އެވެ.
ފުލުހުންގެ ހިމާޔަތުގައި ގެންދިޔަ އިބްރާހިމް ޝަރީފުވެސް އަލުން އެނބުރި އެ ސަރަހައްދަށް އައިސްފި އެވެ.
"ޝަރީފު ހުންނެވީ ހެދުން ބަދަލު ކުރައްވައިގެން މިހާރު ޕާޓީ އޮފީސް ކަރީގައި އެބަހުންނެވި،"
http://www.sun.mv/uploads/l_509831.jpg
01:04 ޑީއާރްޕީގައި މުޒާހަރާތަކުގައި އަޑުގަދަކުރާ އިން ގޮވާ ޝަރީފާއި ޕާޓީގެ އެހެން އެކްޓިވިސްޓުންތަކެއް ދެންމެ މާރާމާރީ ހިންގައިފި އެވެ. ފުލުހުން މިހާރު މަސައްކަތް ކުރަނީ އެ ދެބައި މީހުން ދުރު ކުރުމަށެވެ. ސަރަހައްދުގައި އެމްޑީޕީގެ އެކްޓިވިސްޓުން ކުޅިވަރު ބަލަން އެބަތިއްބެވެ.
http://www.sun.mv/uploads/l_509824.jpg
12:49 ކައުންސިލް މީޓީން ނުބޭއްވިގެން ހުއްޓާލައިފި އެވެ. އެ މީޓިންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަޑައިގެންނެވި ޣައްސާން މައުމޫނާއި ދުންޔާން ވެސް ވަޑައިގެންފި އެވެ. ތަސްމީން ހުންނެވި ކަމަށް ވަނީ އަދިވެސް ޕާޓީ އޮފީސް ތެރޭގަ އެވެ. ނަމަވެސް ބޭރުގައި ތަސްގެ ކާރުކޮޅެއް ނެތެވެ. ފުލުހުން ޕާޓީ އޮފީސް ކުރިމަތި ބަންދުކޮށް ފޯރި މަރަމުންދިޔަ ނަމަވެސް މީހުން ދަނީ އިތުރުވަމުންނެވެ. އިސްތިއުފާއަށް ގޮވުމުގެ އަޑު ދަނީ ގަދަވަމުންނެވެ.
"ހަމަނުޖެހުމުގެ ތެރޭ ލޯޔަރު ވަހީދުގެ ގައިގައި ޕާޓީގެ އިސްވެރިއަކު ޖެއްސެވި ކަމަށް ވެސް މިތަނުގައި މިހާރު ވާހަކަ ދެކެވެމުން އެބަދޭ. އަޅުގަނޑުވެސް ދުށިން ވަހީދު ވެއްޓިފައި އޮއްވާ،" ސަންގެ ނޫސްވެރިޔާ ވިދާޅުވި އެވެ.
12:35 ފުލުހުން މިވަގުތު ތިބީ ޑީއާރްޕީ އޮފީހުގެ ކުރިމަތީގައި ފޯރިއަށެވެ. ތަސްމީން ހުންނެވީ ޕާޓީ އޮފީހުގެ އެތެރޭގަ އެވެ. ގިނަ އަދަދެއްގެ މީހުން އަދިވެސް ޕާޓީ އޮފީހުގެ ކުރިމަތީގައި އެބަތިއްބެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ތަސްމީން ގެއަށް ވަޑައިގަތުމަށް ނުކުމެވަޑައިގެންފާނެ ކަމުގެ އިޝާރާތްތައް ލިބެމުން އަންނަ ކަމަށް އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.
12:32 މައުމޫން ފެކްޝަންގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޕާޓީގެ ޑިޕިއުޓީ ލީޑަރުގެ އިލްހާމް އަހުމަދު ވިދާޅުވީ މިއަދުގެ ހަމަނުޖެހުންތަކަކީ ޕާޓީގެ ޑިޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު ޕާޓީގެ ޒައީމަށް މަރުގެ އިންޒާރު ދެއްވާފައިވާތީ ހިނގާ ހަމަނުޖެހުމެއް ކަމަށެވެ.
"މިކަމާ ގުޅިގެން ޝަރީފު އިސްތިއުފާ ދެއްވަން ޖެހޭނެ،" އިލްހާމް ވިދާޅުވި އެވެ.
12:30 ރޮޒައިނާ ވިދާޅުވީ ޕާޓީ އެއްބައިވަންތަ ކަމަށް މަސައްކަތްކޮށްދެއްވުމަށް ޒައީމް މައުމޫނަށް ގޮވާލައްވާ ކަމަށާއި މިއަދު ކައުންސިލް ބައްދަލުވުމެއް ބާއްވަން އުޅުނީ ޒައީމް މައުމޫނާ ގުޅޭ މައްސަލައެއްގައި ނޫން ކަމަށެވެ.
12:27 ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މި ހަމަނުޖެހުމަކީ ޕާޓީން ވަކިކޮށްފައިވާ މެންބަރަކު ގޮވައިގެން ޒައީމް މައުމޫން ޖަލްސާތައް ކުރައްވާތީ އުފެދިފައިވާ ހަމަނުޖެހުމެއް ކަމަށެވެ.
11:58 މުޒާހަރާ ކުރިޔަށް ގެންދިއުމުގައި އިސްވެ ހަރަކާތްތެރިވަމުން ދަނީ ކައުންސިލް އިންތިހާބުގައި މެދުހެންވޭރު ދާއިރާއަޢް ކުރިމަލި އިބްރާހިމް ނާޒިމެވެ. އަޑުގަދަ ކުރާފަދަ ތަކެތި ގެނެސްފައި ވަނީ އޭނާ ކަމަށް އެސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.
"އެކަމަކު އޭނާ އަޑުގަދަކޮށެއް ނުހަދާ. ދުރުގައި ހުރީ،"
އަދިވެސް މީހުން ދަނީ ޖަމާވަމުންނެވެ. މުޅި ސަރަހައްދު ބްލޮކްވެ ޓްރެފިކް މައްސަލަތައް ނުކުމެފައިވާއިރު އެ ސަރަހައްދުގައި އެމްޑީޕީގެ އެކްޓިވިސްޓްން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
11:51 މިހާރު ތަޅާފޮޅުމާއި މާރާމާރީތަކަށް ފަހު ބޮޑު މުޒާހަރާއަކަށް ބަދަލުވެއްޖެ އެވެ. ރައީސް މައުމޫނަށް ސަޕޯޓްކުރާ އަންހެންވެރިންނާއި ފިރިހެނުންގެ ގިނަ އަދެއްގެ މީހުން މިހާރު ދަނީ މުޒާހަރާ ކުރަމުންނެވެ. މައިގަނޑު ގޮތެއްގައި ގޮވަމުންދަނީ ތަސްމީންގެ އިސްތިއުފާއަށެވެ. ތަސްމީނަކީ ސަރުކާރާ ގުޅިފައިވާ ހިޔާނާތްތެރިއެއް ކަމަށް ވެސް ދަނީ ގޮވަމުންނެވެ. މިވަގުތު ބޮޑަށް ހަރަކާތްތެރިވަމުން ދަނީ އަންހެން ސަޕޯޓަރުންނެވެ.
http://www.sun.mv/uploads/l_509812.jpg
11:41 ޑީއާރްޕީ އޮފީސް ކައިރިއަށް އަދިވެސް ދަނީ މީހުން ޖަމާވަމުންނެވެ. މުޅި ސަރަހައްދުގައި ޓްރެފިކްގެ ޖޭމްވެ މުޅި ސަރަހައްދު ވަނީ ހަލަބޮލިވެފަ އެވެ. އަދި ވެސް އިސްތިއުފާގެ އަޑު އެބަހުއްޓެވެ. މިވަގުތު މާރާމާރީގެ ހަރަކާތެއް ނުފެނެ އެވެ.
http://www.youtube.com/watch?v=0YqcM8Qk3d0
11:32 މިހާރު ވެސް ޑީއާރްޕީ އޮފީސް ކައިރީގައި 20 އަށް މީހުން އެބަތިއްބަ އެވެ. މިހާރު ވެސް ތަސްމީންގެ އިސްތިއުފާއަށް ގޮވަމުން އެބަދެ އެވެ. އެ ސަރަހައްދުގައި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ނިހާން އާއި އިލްހާމް ވެސް އެބަތިއްބެވި އެވެ. ތަސްގެ އިސްތިއުފާއަށް ގޮވަމުން ދަނީ އާންމު މެންބަރުންނެވެ.
11:25 ޝަރީފުގެ ގަމީސް އިރާލައި އޭނާގެ އައިނު ވެސް ވަނީ ދާދި ދެންމެއަކު ހަލާކުކޮށްލާފަ އެވެ. އޭނާ ވަނީ ފުލުހުންގެ ހިމާޔަތުގައި ކާރެއްގައި ގެންގޮސްފަ އެވެ. އެ ސަރަހައްދުގައި އަދިވެސް ދަނީ މާރާމާރީ ހިންގަމުންނެވެ. ޝަރީފު ގޮވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކާރުން ދެ ފުލުހެއްގައިގައި ވެސް ވަނީ ޖެހިފަ އެވެ.
http://www.sun.mv/uploads/l_509845.jpg
11:22 މިހާރު ޑިޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު ވަށައިލާ އޭނާއަށް ހަމަލާދީ މާރާމާރީ ހިންގަމުން އެބަދެ އެވެ.
ޑީއާރްޕީ އޮފީސް ތެޜޭގައި ދެ ފެކްޝަންގެ އެކްޓިވިސްޓްުން މާރާމާރީ ހިންގަމުން އެބަދޭ އެވެ.
ޑީއާރުޕީ އޮފީސް ތެރޭ ހުރި ސަންގެ ނޫސް ވެރިއަކު ބުނީ ހަމަނުޖެހުން ހިނގަން މެދުވެރިވީ ދެ ފެކްޝަނުގެ މީހުންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ދިއުމަށްފަހު ކަމަށެވެ. އަދި އެމީހުންގެ ތެރޭ ދެކެވުނީ މެދުހެންވޭރު ދާއިރާ އަށް އެޕާޓީގައި ހުރެ އަމިއްލަ ގޮތުން ކުރިމަތިލި ނާޒިމްގެ ގައިގައި ތަޅައިގަތް މައްސަލަޔާއި އަދި އެޕާޓީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފްގެ އަޑުކޮޅެއް ލީކްވި މައްސަލަ ކަމަށެވެ.
"އޮފީސް ތެރޭގަ އާއި އޮފީހުން ބޭރުގައި ތަޅާ މާރާމާރީ ހިންގަމުންދަނީ. ބައެއް މީހުންނަށް އަނިޔާވެސް ވެއްޖެ. އޭގެ ތެރޭގައ ނިހާން ވެސް ހިމެނޭ،" އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ
ޑީއާރްޕީ އޮފީސް ސަރަހައްދަށް އެ ޕާޓީގެ ދެފެކްޝަނުގެ ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައިވާއިރު އަޑުގަދަކުރާ ބޭނުން ކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ދަނީ ތަސްމީންގެ އިސްތިއުފާއަށް ގޮވަމުންނެވެ. އެ ސަރަހައްދުގައި ފުލުހުންގެ ޓީމެއްވެސް ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އެބަދެ އެވެ.