20 Jan 2015, 16:19
ޑިފެންސް މިނިސްޓަރުގެ މަގާމްމުގައި ހުންނެވި ކާނަލް (ރިޓަޔަޑް) މުހައްމަދު ނާޒިމް އެ މަގާމުން ވަކިކުރައްވައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލަށް ޑިފެންސް މިނިސްޓަރުކަން މިއަދު ދެއްވުމާއި ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް މޫސާ އަލީ ޖަލީލަށް މަރުހަބާ ދަންނަވައިފި އެވެ.
މޫސާ އަލީ ޖަލީލަށް މަރުހަބާ ދަންނަވާފައި ވަނީ މައުމޫންގެ އޮފިޝަލް ޓްވިޓާ އެކައުންޓްގަ އެވެ.
Congratulations Hon Moosa Ali Jaleel on being appointed Minister of Defence.
— Maumoon Abdul Gayoom (@maumoonagayoom)January 20, 2015
ސަރުކާރު ހިންގާ ޕީޕީއެމް އަށް ސޮއިކުރައްވައިފައިވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް ކުރިން ހުންނެވީ ޕާކިސްތާންގެ ސަފީރުކަމުގެ މަގާމުގަ އެވެ.
މޫސާ އަލީ ޖަލީލަކީ ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރުމަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ގައުމީ ބަތަލެކެވެ.
ފެބްރުއަރީ 8، 2012 ގައި ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވި މޫސާއަލީ ޖަލީލަކީ ޖިހާދުގެ ރަތް މެޑެލް ހުރަވީ ރަން މެޑެއްޔާއި ދިގު މުއްދަތުގެ މެޑެއްޔާއި ނޮވެމްބަރު ތިނެއްގެ މެޑެއްޔާއެކު ތަފާތު 10 މެޑެލާއެކު ހިދުމަތުގެ ތަފާތު ނުވަ ރިބަނެއް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.