20 Jan 2015, 15:36
ގައުމުގެ މިސްރާބު ހިފާފައި ހުރި ގަދަ ތޫފާނަކާ ދިމާލަށް ކަމަށާއި، މިސްރާބު ބަދަލުނުކޮށްފި ނަމަ ގައުމު ފުޑުފުޑު ވެދާނެކަމަށް، އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމިންގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑު މުހައްމަދު ނާޒިމް މާގާމުން ވަކިކޮށް އެމަގާމަށް، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލު އައްޔަން ކުރެއްވުމާ ގުޅިގެން މިއަދު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގައުމުގެ މިސްރާބު ހިފާފައި ހުރީ ގަދަތޫފާނަކާ ދިމާލަށް ކަމަށާއި ހިކުމަތްތެރި ކަމާއެކު މިސްރާބު ބަދަލުނުކޮށްފި ނަމަ ގައުމު ފުޑު ފުޑު ވެގެން ހިނގާއިދާނެ ކަމަށެވެ.
Gaumuge misraabu hifaafa mihuree gadha thoofaanakaa dhimaa ah,
Hikumaiytheri kamaaeku misraabu badhalu nukohfinama gaumu fundu fudu vedhaane
— Imran (@ShImranAb)January 20, 2015
އިމްރާނު މިހެން ވިދާޅުވެފައި ވާއިރު، ޑިފެނސް މިނިސްޓަރުގެ މަގާމުން މިއަދު ވަކި ކުރެއްވި މުހައްމަދު ނާޒިމް ވިދާޅުވެފައި ވަނީ ދައުލަތުގެ ޑިފެންސް މިނިސްޓަރުގެ ގެއަށް، ދަންވަރު ހުއްދައަކާ ނުލައި ވަދެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، ޑިފެންސް މިނިސްޓަރުގެ ގެއަށް އެގޮތަށް ވަދެވޭނަމަ، ދިވެހި އެއްވެސް ރައްޔިތެއްގެ ސަލާމަތާއި ރައްކާތެރިކަމެއް ނޯންނާނެ ކަމަށެވެ.