20 Jan 2015, 13:17
އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، އިސްލާމިކް މިނިސްޓްރީ އިން އިސްނަގައިގެން ހިންގާ ދީނީ ޕްރޮގްރާމުތަކުގައި ބައިވެރިވާން ބޭނުންވާ ދީނީ އިލްމުވެރިންނަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމްދީނަށް އާންމުން ހޭލުންތެރި ކުރުވުމަށް، ހިންގާ ޕްރޮގަރާމުތަކުގައި ބައިވެރިވާން ބޭނުންވާ ދީނީ އިލްމުވެރިން، ނަން ނޯޓު ކުރުމަށް ހުޅުވާލައި އިސްލާމިކް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދީނީ ޕްރޮގަރާމްތަކުގައި ބައިވެރިވާން ބޭނުންފުޅުވާ އިލްމުވެރިން 20 ޖެނުއަރީ 2015 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގައި ނަން ނޯޓް ކުރަމުން ގެންދިއުމަށެވެ.
ދީނީ ޕްރޮގްރާމުތަކުގައި ބައިވުމަށް އެދި ނަންނޯޓު ކުރާ އިލްމުވެެރިންނަށް މެރިޓް އުސޫލުން، ޕްރޮގްރާމްތަކުގައި ވަގުތު އޮންނަ ވަރަކުން ބައިވެރިކުރަމުން ގެންދާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.