ސަރުކާރު ހިންގާ ޕީޕީއެމްގެ މީޑިއާ ކޯޑިނޭޓަރުކަން ފާރިޝް މައުމޫނަށް ދީފި އެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ދަރިކަލުން ފާރިޝް އެމަގާމަށް ހަމަޖައްސާފައިވަނި ރޭ އޮތް އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވަނީ މީޑިއާ ކޮމެޓީގައި ސްޕޯކްސްޕާސަންއެއްގެ އިތުރުން މީޑިއާ ކޯޑިނޭޓަރެއް ހުންނަންޖެހޭނެ ކަމަށެވެ. ނަމަވެސް މިއޮތް ހުރިހާ ދުވަހު އެމަގާމު އޮތީ ހުސްކޮށެވެ.

ރޭގެ ބައްދަލުވުމުގައި ވަނީ ޕީޕީއެމްގެ ގައުމީ ޖަލްސާ ބޭއްވުމާއި މެދު ވެސް މަޝްވަރާކޮށްފަ އެވެ. އަދި ގައުމީ ޖަލްސާ ބާއްވަން ކައުންސިލުން ނިންމާފައިވަނީ އަންނަ އަހަރު އެވެ.