08 Feb 2011, 09:22
ޕްރާގް : ކެންސަރުގެ އެންމެ ނުރައްކާތެރި ބާވަތަކީ ހަޖަމުކުރުމުގެ ނިޒާމުގައި ހިމެނޭ ގުނަވަނެއް ކަމަށްވާ ޕެންކްރިޔަސް އަށްޖެހޭ ކެންސަރުކަމަށް ޗެކްރިޕަބްލިކްގެ ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.
ޗެކްރިޕަބްލިކްގެ މެޒަރިކް ޔުނިވަރސިޓީގެ ކެންސަރުގެ ބަލިތަކުގެ ދިރާސާތަކާބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ ޑޮކްޓަރ ޔޯގީ ވޯލިޗްކް ވިދާޅުވިގޮތުގައި ޕެންކްރިޔަސް އަށް ޖެހޭ ކެންސަރުން ސަލާމަތްވެވެނީ 1 % އާއި 5% އާ ދެމެދުގެ މީހުންނަށެވެ. މިމިންވަރަށްވެސް ސަމާލަތްވެވޭނީ ބަލިޖެހޭތާ ވަރަށްކުރީކޮޅު ފަރުވާ ދެވިގެންނެވެ.
ޑޮކްޓަރ ޔޯގީ ވޯލިޗްކް ވިދާޅުވިގޮތުގައި ޕެންކްރިޔަސްއަށް ކެންސަރުބަލިޖެހޭ ސަބަބުތައް ދަނެގަތުމަކީ އެބަލިން ސަލާމަތްވުމުގެ ފުރްސަތު ބޮޑުވެދާނެ ކަމެކެވެ. ޕެންކްރިޔަސްއަށް ކެންސަރުބަލިޖެހޭ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢްމާލުކުރުމާއި ބަނގުރާބުއިމާއި އޫރުމަސްކެއުން ހިމެނޭކަމަށް އޭނާއާއި އޭނާގެ ދިރާސާ ޓީމުގައި ހިމެނޭ ޑޮކްޓަރުން ވިދާޅުވިއެވެ.
ބަނގުރަލުގެ ތެރޭންވެސް ބިޔަރަކީ ޕެންކްރިޔަސް ކެންސަރަށް މަގުފަހިކޮށްދޭ މާއްދާއެއް އެކުލެވޭ އެއްޗެއް ކަމަށާއި ބިޔަރު ބޭނުންކޮށްގެން ތައްޔާރުކުރާ ހުރިހާ ކާބޯތަކެއްޗަކީ މިބަލިޖެހުމުގެ ނުރައްކާ ބޮޑުކޮށްދޭނެ ތަކެތި ކަމަށް ޔޯގީގެ ޓީމުން ބުނެއެވެ.
ޕެންކްރިޔަސް ކެންސަރުޖެހޭ ގިނަމީހުންނަށް ދެވޭ ފަރުވާ، ޔޫރަޕާއި އެމެރިކާގައިވެސް ކާމިޔާބުނުވެ މިބަލީގައި އެފަރާތްތައް ދަނީ މަރުވަމުންނެވެ. ސަލާމަތްކުރެވެނީ ސަތޭކައަކުން 3، 4 ނުވަތަ 5 މީހުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިބަލިޖެހުމުގެ ފުރްސަތު ދެޖިންސުގެ މީހުންނަށް އޮތްނަމަވެސް ބަލިޖެހޭ ނިސްބަތްގިނައީ ފިރިހެނުންގެ ތެރޭގައި ކަމަށް ދިރާސާތަކުން ދައްކައެވެ.
(އަލްޖަޒީރާ)