19 Jan 2015, 22:20
މާފަންނުގައި ހުންނަ ހޮޓަލެއްގައި އުޅުނު ބިދޭސީއެއްގެ ބޯފަޅާލައިފި އެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާ އަކީ މާފަންނުގައި ހުންނަ "ފަރީދީ ކެފޭ" އަށް މިރޭ ގޮސް އުޅުނު މީހެކެވެ. އޭނާގެ ބޯ ފަޅާލީ އިތުރު ބިދޭސީމީހަކާދެމެދު ހިނގި ދެބަސްވުމެއްގަ އެވެ.
އެ މާރާމާރީއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ މިރޭ 8:45 އެހާކަންހާއިރު ފަރީދީ މަގުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މާރާމާރީގައި ޒަޚަމްވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗަށް ގެންގޮސްފައި ވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.