19 Jan 2015, 17:35
ގޮނޑަށް އުކާލާ ކުނީގެ ތެރެއިން ބޭނުންކުރެވޭ ޒާތުގެ ކުނި ގަންނާނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލްއިން އިއުލާން ކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލްއިން ބުނި ގޮތުގައި އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުނިކޮށިތަކަށް ޖަމާވާ ކުނީގެ އެކި ބާވަތްތައް ވަކިކޮށް އޭގެ ތެރެއިން ބޭނުން ކުރެވޭ ޒާތުގެ ކުނި ގަންނާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 14:00 ގައި އެ ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށާއި އަންނަ މަހުގެ އެއްވަނަ ދުވަހު އަގު ހުށައެޅުމަށް އެދޭ ކަމަށެވެ.
ބޭނުން ކުރެވޭ ޒާތުގެ ކުނި ވިއްކުމަށް ނިންމާފައިވާއިރު ގޮނޑަށް އުކާލާ ކުންޔަކީ އެސަރަހައްދުގައި ހަރަކާތްތެރިވާ މީހުން ހޮވައި ނީލަން ފިހާރަތަކަށް ވިއްކަމުންދާ ތަކެއްޗެވެ. އެއީ މަނާ ކަމެއް ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ އެ ވިޔަފާރި ކޮށްގެން އެތައް ނަފައެއް ހޯދަމުންނެވެ.