19 Jan 2015, 17:09
ކެޕިޓަލް މާކެޓް ޑިވެލްޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ ފާތުމަތު ޝަފީގާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ސީއެމްޑީއޭގެ މީޑިއާ އޮފިޝާލަކު މިއަދު 'ސަން' އަށް ވިދާޅުވީ، އެ ކުންފުނީގެ ސީއީއޯ ޝަފީގާ އިސްތިއުފާ ހުށައެޅުއްވީ، މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ ކުންފުޏާ ޖެހުނު މައްސަލައެއްގައި ނޫން ކަމަށާއި އަމިއްލަފުޅަށް އިސްތިއުފާ ހުށައެޅުއްވީ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.
ސީއީއޯގެ މަގާމަށް ބޭފުޅަކު ހަމަޖެހެން ދެން ސީއެމްޑީއޭ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ސީއެމްޑީގެ އެ އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް މަޚްޒޫމް ސަލީމްއާ އެވެ. ފާތުމަތު ޝަފީގާ ވަނީ 2008 ވަނަ އަހަރުން ފެށިގެން ސީއެމްޑީއޭގެ ސީއީއޯގެ މަގާމު އަދާކުރައްވާފަ އެވެ.