19 Jan 2015, 16:30
ފުވައްމުލަކު މާލެގަން އަވަށުގައި ހުންނަ ކެފޭއެއްގައި އަލިފާނުގެ ރޯވެ، އަނދައިފި އެވެ.
ފުވައްމުލަކު މާލެގަން އަވަށުގައި ހިންގަމުން އަންނަ އޯކިޑް ކެފޭ ހިންގުމާ ހަވާލުވެ ހުރި އިބްރާހިމް މަލީހް އަހުމަދު މިއަދު ސަން އަށް ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރޭ 3:30 އެހާކަންހާއިރު ކަމަށެވެ. އަދި ކެފޭގައި ބޭނުންކުރާ ހުރިހާ އަގުބޮޑެތި ސާމާނެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުވައްމުލަކު މާލެގަން އަވަށުގައި ހިންގަމުން އަންނަ އޯކިޑް ކެފޭގައި ރޯވެފައި-- ސަން ފޮޓޯ ކިއުންތެރިއެއް
"އަލިފާން ރޯވެގެން ގުޅިތާ ފަސް ވަރަކަށް މިނެޓް ތެރޭގައި ސިފައިންގެ ފަޔަރުން އައިސް ހަރަކާތްތެރިވާން ފެށި. ކެފޭގެ ފުރާޅު ފަނުން ހަދާފައި ހުންނާތީ އެމީހުން އައި އިރު ވެސް ބޮޑުބައި ވަނީ އަނދާފައި. އަލިފާން ހިނގަން މެދުވެރިވި ސަބަބެއް އަދި ލިބުނު ގެއްލުމެއް ވެސް އެސްޓިމޭޓެއް ނުކުރެވޭ،" މަލީހް ބުންޏެވެ.

ފުވައްމުލަކު މާލެގަން އަވަށުގައި ހިންގަމުން އަންނަ އޯކިޑް ކެފޭގައި ބޭނުން ނުކުރެވޭވަރަށް ރޯވެފައި-- ސަން ފޮޓޯ ކިއުންތެރިއެއް
ފުވައްމުލަކު ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށް ފުލުހުން ވެސް ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެފަދަ މައްސަލައެއް ރޭ ފަތިހު 4:00 އެހާކަންހާއިރު ފުލުހުުންނަށް ހުށަހަޅި ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.