ދިރާގުން ރީތި ނަމްބަރުތައް އިތުރު އަގަކާ ނުލައި އަންނަ ހުކުރު ދުވަހު ވިއްކުމަށް ނިންމައިފި އެވެ.

ދިރާގުގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު މިރުޝާން މިއަދު ސަން އަށް ވިދާޅުވީ، އެ ކުންފުނިން "ނައިސް ނަމްބަރު" ގެ ގޮތުގައި، ކުރިން ސިމްގެ އަގުގެ އިތުރު ޗާޖްއެއްގައި ވިއްކަމުންދިޔަ ނަމްބަރުތައް އަންނަ ހުކުރު ދުވަހު އިތުރު އަގަކާ ނުލައި ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

"މި ނަމްބަރުތައް އިތުރު ޗާޖަކާ ނުލައި ވިއްކުމަށް ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ 2:00 އިން 8:00 އަށް ދިރާގު ކަސްޓަމަރ ސާވިސް ސެންޓަރުން،" މިރުޝާން ވިދާޅުވި އެވެ.

މިރުޝާން ވިދާޅުވީ، އެ ޕްރޮމޯޝަންގެ ތެރެއިން ތިން ހަތެއްގެ ނަމްބަރުތައްވެސް މީގެ ކުރިން ވިއްކަމުން އަންނަ 5000 ރުފިޔާއަށްވުރެ އަގުހެޔޮވާނެ ކަމަށެވެ. ނަމަވެސް އަގެއް ވިދާޅެއްނުވެ އެވެ.