19 Jan 2015, 11:21
ތ. ވިލުފުއްޓަށް ރޭގެ ވަގުތެއްގައި 55 ފޫޓުގެ މަހެއް ލައްގާފައިވާ ކަމަށާއި، މިހާރު އެ މަސް ނައްތާލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެެވެ.
ވިލުފުށީ ކައުންސިލުގެ ރައީސް އިބްރާހިމް ޝާފިއު މިއަދު 'ސަން' އަށް ވިދާޅުވީ، ވިލުފުއްޓަށް މަހެއް ލައްގާފައި ވަނިކޮށް އާންމު ރައްޔިތަކަށް ފެނިގެން ރިޕޯޓުކޮށްފައި ވާ ކަމަށާއި، އެރަށު ސިއްހީ މަރުކަޒާއި ފުލުހުން ގުޅިގެން މަސް ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވިލުފުއްޓައް ލެއްގި 55 ފޫޓުގެ މަސް -- ފޮޓޯ: ވިލުފުށީ ކައުންސިލް
"މަސް އޮތީ ކުނިވެފައި. މަސް ނައްތާލަނެ ގޮތަކާމެދު މިދަނީ މަޝްވަރާކުރަމުން. ވަޅުލައިގެން ކަހަލަގޮތަކަށް ހެން ހީވަނި އެކަން ކުރެވޭނީ،" ޝާފިއު ވިދާޅުވި އެވެ.ފިލުފުއްޓަށް ލައްގާފައިވާ މަހުން މާވަހަރެއް ފެނޭތޯ މަސް ފަޅާލުމަށް މަސައްކަތް ކުރާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެން ޝާފިއު ވިދާޅުވީ، "އެކަހަލަ ކަމެއް ކުރަން ނޫޅެން" ކަމަށެވެ. އޭނާ ވިދާޅުވީ، އެކަހަލަ ކަމަކާ މަޝްވަރާވެސް ނުކުރެވޭ ކަމަށާއި، މަސް ކުނިވެފައި ވާތީ މަޝްވަރާކުރެވުނީ މަސް ނައްތާލުމަށް އެކަނި ކަމަށެވެ.

ވިލުފުއްޓައް ލެއްގި 55 ފޫޓުގެ މަސް -- ފޮޓޯ: ވިލުފުށީ ކައުންސިލް
ވިލުފުއްޓަށް މީގެ ކުރިންވެސް ބޮޑު މަހެއްގެ ބައެއް ލައްގާފައިވާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.