ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޗައިނާ ސަރުކާރުން 150 މޮޓޯ ސައިކަލް ފުލުހުންނަށް ހަދިޔާކޮށްފި އެވެ.

ފުލުހުން އިއްޔެ ބުނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޗައިނާ އިން ހަދިޔާކުރި ސައިކަލްތައް، ޗައިނާގެ މެކޭނިކުންނާ ގުޅިގެން މިހާރު ރާވަމުން އަންނަ ކަމަށެވެ. އަދި ފުލުހުން ބުނީ އެ ސައިކަލްތައް ރަސްމީކޮށް ހަވާލުކުރުން އޮންނާނީ ފަހުން ކަމަށެވެ.

ޗައިނާ އިން އަންނަނީ ރާއްޖޭގެ ވަރަށް ގިނަ މަޝްރޫއުތަކަށް އެހީވަމުންނެވެ. އެ ގޮތުން ހުޅުމާލެ އަދި ދެކުނާ އެކު 1500 ޔުނިޓުގެ ހައުސިން މަޝްރޫއަކާއި ލ. އަތޮޅުގައި ގާއިމު ކުރާ ލިންކް ރޯޑް މަޝްރޫއަކީ މިހާރު ވެސް ކުރިއަށްދާ މަޝްރޫއުތަކެވެ.