އިރުމަތީ އިންޑިއާހައި ދިރިއުޅޭ މުސްލިމުންގެ ގެތަަކަކަށް ހިންދޫ މީހުން ހަމަލާދީ ރޯކޮށްލައި ތިން މީހަކު އަންދާލައ މަރާލައިފި އެވެ.

އުތަރަ ޕްރަދޭސްގެ ސްޓޭޓް މިނިސްޓަރު އަލްޖަޒީރާ ނޫހަށް މިއަދު ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ ޒުވާން ހިންދޫ ކުއްޖަކު ގެއްލުނުތާ ހަފްތާއަކަށް ފަހު އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނުމުން، އެއީ މުސްލިމުން ކުރި ކަމެއް ކަމަށް ތުހުމަތުކޮށެވެ. އަދި އެ ކުއްްޖާއަކީ މުސްލިމުންނާ އެކު އުޅޭ ކުއްޖެއް ކަމަށް ވެސް އެ މީހުން ތުހުމަތު ކުރެ އެވެ.

އޭޕީ އިން ބުނީ މުސްލިމުންގެ ގެތަކުގައި ހުޅުޖެހި މައްސަލާގައި ހިންދޫންގެ އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ސްޓޭޓް މިނިސްޓަރު ވިދާޅުވީ މިހާރު މައްސަލަ ހަމައަކަށް އެެޅުވިފައިވާ ކަމަށެވެ.

އިންޑިއާގެ 1.2 ބިލިއަން މީހުންގެ އާބާދީގެ 80 ޕަސެންޓަކީ ހިންދޫންނެވެ. މުސްލިމުންގެ އާބާދީއަކީ 13 ޕަސެންޓް ވަރެވެ. އެ ދެބައި މީހުން އާންމުކޮށް އުޅެނީ މައްސަލަތަކާ ނުލަ އެވެ. ނަމަވެސް ބައެއް ފަހަރު ހަމަނުޖެހުން ހިނގަ އެވެ.