އެމެރިކާގެ ނައިބުރައީސް ޖޯ ބައިޑެންގެ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި އެވެ.

ބީބީސީ އން ބުނީ އެގެއަށް ބަޑިޖެހީ ވެހިކަލެއްގައި ވަރަށް ބާރަށް ދުއްވާފައި ދިޔަ ބަޔަކު ކަމަށެވެ. އަދި ބުނީ އެ ހާދިސާ ހިނގި އިރު ބައިޑެން ގޭގައި ވަޑައިގެން ނޫޅުއްވާ ކަމަށެވެ.

ބައިޑެންގެ ގެއަށް ދިން ބަޑީގެ ހަމަލާތަކާ ބެހޭ ތަފުސީލެއް އަދި ނުލިބެ އެވެ. އެ ހާދިސާ އެމެރިކާ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބީބީސީ ބުންޏެވެ.

ބައިޑެންގެ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފައި މިވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ސަލާމަތީ ފާރު ފޫއަޅުވައިލުމުގެ ގިނަ ހާދިސާތަކެއް ހިނގައިފައި ވަނިކޮށެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހާއި 19 ވަނަ ދުވަހާއި އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަހު އެފަދަ ހާދިސާތައް ހިނގާފައިވެ އެވެ.