ހއ. އިހަވަންދޫގައި ޒުވާން ދެ އަންހެން ކުދިން އަރުވައިގެން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޓެކްސީއެއް މޫދަށް ވެއްޓިއްޖެ އެވެ.

އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް ޢަބްދުލް މުޢީދު އިބްރާހީމް މިރޭ "ސަން" އަށް ވިދާޅުވި ގޮތުގައި އެ ޓެކްސީ މޫދަށް ވެއްޓިފައި ވަނީ އެ ރަށު ބޭރު މަގުން ދުއްވާފައި ދަނިކޮށް މިރޭ 7:45 ކަންހާއިރު އެވެ. މަންޒަރު ދުއް މީހުންނާއި ހަވާލާދީ އޭނާ ވިދާޅުވީ އެކާރު ދުއްވާފައި ދިޔައީ ބާރު ސްޕީޑެއްގައި ކަމަށެވެ.

ކާރު މޫދަށް ވެއްޓުނު ވަގުތު ކާރުގައި ތިބި ޒުވާން ދެ އަންހެން ކުދިންނާއި ޑްރައިވަރަށް ހާނިކަވެފައިވެ އެވެ.

އެ ހާދިސާގައި ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ހިޔެއްނުވޭ އެ ކާރު ދުއްވޭވަރުވާނެހެނެއް، މޫދު ލޮނުގަނޑުގައި އޮތީ، ކާރު އެއްކޮށް ކަހަލަ ގޮތަކަށް އޮތީ މޫދުގައި،" ޢަބްދުލް މުއީދު ވިދާޅުވި އެވެ.