ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށްފަހު އޭޑީކޭ ހޮސްޕިޓަލް ކައިރީގައި މާރާމާރީއެއް ހިންގަން އުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ އޭޑީކޭ ހޮސްޕިޓަލް ކައިރީ މާރާމާރީ ހިންގަން އުޅުމުގެ ކުރިން ހުއްޓުވާފައެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ތިން މީހަކު ހައްޔަރުކުރިތަން ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އެ ތިން މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ފިލަން ދުވަނިކޮށެވެ.

މަންޒަރު ދުށް މީހަކު ބުނީ އެ ދެ ގްރޫޕްގެ ދެމެދުގައި މިއަދު ހެންވެރު ދަނޑު ސަރަހައްދުގައި ވެސް ކުރިމަތިލުންތަކެއް ހިނގި ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު ހިނގި ހަމަނުޖެހުމާއި އެ ކުރިމަތިލުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.