18 Jan 2015, 14:37
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު ޢަބްދުﷲ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާކަން ބަޔާންކޮށް ކޮމިޝަނަށް ވަނީ އެކަން އަންގާފައި ކަމަށެވެ. އަދި އެ ސިޓީގައި ކޮމިޝަންގެ މެމްބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވަނީ އެމަގާމުގައި ހުރުމަށް އުޒުރުވެރިވާތީ ކަމުގައި ބަޔާން ކުރައްވާފައިވާ ކަމަށެވެ.