Last Updated:
1 decade 10 month ago

މ. މާފަންނުވިލާ ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ހޯދި ކަމަށް ފަތުރާ ވާހަކަ ފުލުހުން ދޮގުކޮށްފި

    ބުލޮގު ޚުލާސާ
    ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ދިރިއުޅުއްވާ، މ. މާފަންނު ވިލާ ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ސަންއަށް މައުލޫމާތު ލިބިއްޖެ އެވެ.

    މާފަންނު ވިލާ ކައިރީގައި މިވަގުތު ހުރި ސަންގެ ރިޕޯޓަރު، އަހްމަދު ސާއިލް އަލީއަށް މައުލޫމާތު ދެއްވި ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވަނީ، އެކަން ސަންއަށް ކަށަވަރުކޮށްދެއްވާފައެވެ.

    "ކޯޓު އަމުރެއް ނެރުނީ ކީއްވެ ކަމެއް، އަޅުގަނޑަށް ބުނެދޭކަށް ނޭނގެ. އެކަމަކު އެފަދަ އަމުރެއް ނެރެފައިވާ ކަން ޔަގީން. އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުން އަންނާނެ ކަމަށް މައުލޫމާތު ލިބިފައި ވަނީ،" ނަން ހާމަކުރަން ބޭނުން ނުވާ، ޖޭޕީ ގެ އޮފިޝަލް ވިދާޅުވި އެވެ.

    ތަފްސީލް އަންނަނީ.....

    15:51

    ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ދިރިއުޅުއްވާ، މ. މާފަންނުވިލާ ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

    ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެވާހަކަތަކަކީ އޭގައި އެއްވެސް ޙަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.

    15:49ފުލުހުންގެ މީޑިއާ

    މ. މާފަންނުވިލާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރަން އުޅޭކަމަށް ބުނެ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދެކެވޭތީ ދަންނަވަމެވެ. އެވާހަކަތަކަކީ އޭގައި އެއްވެސް ޙަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫންކަމުގައި ރައްޔިތުންނާ މީޑިއާ ތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.
    15:35މާފަންނު

    މި ސަހަހައްދަށް އެމްޑީޕީގެ ބައެއް މީހުންނާއި އެ ޕާޓީގެ ޗެއާޕާސަ އަލީ ވަހީދު ވެސް ދެންމެ ވަޑައިގެންފި
    15:29މ. މާފަންނު ވިލާ ކައިރިން

    އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދުއާއި ވައިސް ޗެއަރޕާސަންގެ އިތުރުން އެޕާޓީގެ ބައެއް އިސް ބޭފުޅުން ގާސިމްގެ ގެއަށް ވަޑައިގެން އެބައުޅުއްވާ.
    14:43މ. މާފަންނު ވިލާ ކައިރިން

    މ. މާފަންނު ވިލާ ބަލައި ފާސްކުރުމަށް ކޯޓް އަމުރެއް ނެރެފައިވާތީ، ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޕާލިމެންޓް މެންބަރުންނާއި، އޭނާގެ ބައެއް އަރިސް ބޭފުޅުންނާއި އަދި ޖޭޕީގެ އިސް ފަރާތްތައް މާފަންނު ވިލާއަށް ޒިޔާރަތްކުރަމުން އެބަދޭ.
    14:29މ. މާފަންނު ވިލާ ކައިރިން

    ފަލާހު މާފަންނު ވިލާއިން ނުކުމެވަޑައިގެންފި.
    14:26

    އެމްޑީޕީގެ ޕާލިމެންޓް މެބަރެއް ކަމަށްވާ ފަލާހުވެސް ދާދި ދެންމެއަކު މާފަންނު ވިލާއަށް ވަދެވަޑައިގެންފި.
    14:22މ. މާފަންނު ވިލާ ކައިރިން

    ގާސިމް އިބްރާހީމް ދާދި ދެންމެއަކު މާފަންނު ވިލާއަށް ވަޑައިގެންފި.