18 Jan 2015, 12:45
އެންމެ 10 މަހުގެ ޖުނީތާ ވެލެންޓީނާ ހެނާންޑޭޒް އުފަންވިއިރު ހުރީ އެވަރުގެ ކުއްޖެއްގެ ހަށިގަނޑުގައި ހުންނަންޖެހޭ ވަރުގެ ބަރުދަނެވެ. ނަމަވެސް ހަފްތާއެއް ފަހުން އޭނާގެ ބަރުދަން ކުއްލިއަކަށް އިތުރުވާންފެށި އެވެ. އެގޮތުން މިހާރު 10 މަހުގެ ޖުނީތާގެ ހަށިގަނޑުގައި 20 ކިލޯ ހުރެއެވެ.
އާންމުކޮށް 10 މަހުގެ ކުއްޖެއްގެ ހަށިގަނޑުގައި ހުންނަން ޖެހޭ ބަރުދަނަކީ 8.5 ކިލޯ ކަމަށް ޗައިލްޑް ގުރޯތު ފައުންޑޭޝަންގެ ޓޭމް ފުރައި ބުނެފައި ވެއެވެ.
ޖުނީތާގެ މަންމަ ސާންޑްރާ ފުރެންކޯ ބުނީ، އޭނާގެ ދަރިފުޅު ވިހޭއިރު ހުރީ ވަރަށް ހިކިކޮށް ކަމަށެވެ. ނަމަވެސް ވިހޭތާ 15 ދުވަސް ވީއިރު ޖުނީތާގެ ކޮލުގައި މަސްޖަހައި އާދަޔާހިލާފަށް ފަލަކަން ފާހަގަވާން ފެށިކަމަށެވެ. އަދި އޭނާގެ ދަރިފުރު ފުއްޕާހަމެއްގެ ސައިޒަށް ބަދަލުވާން ދިމާވީ ކޮން ސަބަބަކާ ހުރެކަން ބުނެދޭން ނޭނގޭ ކަމަށް ވެސް ސާންޑްރަ ބުންޏެވެ.
ވަޒީފާއެއް އަދާނުކުރާ ސާންޑްރާ ބުނީ 10 މަހުގެ ދަރިފުޅަށް ޓްރީޓްމަންޓް ދޭން ވެސް އޭނާ މިހާރު ނުކުޅެދިފައިވާ ކަމަށެވެ.
ކޮލަމްބިއާގެ ޗެރިޓީ އޯގަނައިޒޭޝަނަކުން އިސްނަގައިގެން މިހާރު ވަނީ ޖުނީތާއަށް ޓްރީޓްމަންޓް ދޭން ފަށައިފައެވެ.