18 Jan 2015, 11:02
ބިދޭސީ ފިރިހެނުންތަކަކަށް ކުރިމަތި ފަރާތް ދެއްކި ކަމުގެ ތުހުމަތުގައި ބަނގުލަދޭޝް މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ހޯދަމުން ދަނީ ބަނގުލަދޭޝް އަށް ނިސްބަތްވާ މުސައްރަފް ކިޔާ މީހެއް ކަމަށެވެ.
އޭނާ ހޯދަމުން ދަނީ ހއ. އުތީމުގައި ހުންނަ ބީޗް ޓޭސްޓް ހޮޓަލުގައި އޭނާއާ އެކު މަސައްކަތް ކުރާ އިތުރު ބިދޭސީންތަކަކަށް މުސައްރަފްގެ ކުރިމަތި ފަރާތް ދެއްކި ކަމުގެ ތުހުމަތުގަ އެވެ.
ފުލުހުން ބުނީ އޭނާ ހޯދަން އިއުލާން ކުރީ އެ މައްސަލައިގެ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ ކަމަށެވެ.