ނައިޓް މާކެޓަށް މޭޒު ހޯދުމަށް، ފޯމް ލުމަށް އެނައިޓް މާކެޓް އިންތިޒާމް ކުރާ ވިޔަފާރިވެރިންގެ ޖަމިއްޔާ އޮފީސް ކައިރީގައި ދިގު ކިޔޫއެއް ހަދައިފި އެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ކިޔޫ ހަދާފައިވާ އިރު ފުރުގާން މިސްކިތަށް ވުރެ ދުރަށް ކިޔޫގައި މީހުން އެބަތިއްބެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް މިއަދު 'ސަން' އަށް ވިދާޅުވީ ގިނަ ބަޔަކު އެއޮފީސް ކައިރީގައި ކިޔޫ ހަދާފައިވާ އިރު މިހަފްތާގެ ނިޔަލަށް އެ ފޯމް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. ނައިޓްމާކެޓަށް 330 ފޯމް ދޫކޮށްފައިވާ އިރު އެފަރާތްތަކަށް މޭޒް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

"މިބަލަނީ ފޯމް ދޫކުރި ހުރިހާ ފަރާތަކަށް ފޯމް ލިބޭނެ ކަމަށް، ނަމަވެސް ފަހަރެއްގަ ނުލިބި ވެސް ދާނެ، އެއީ 330 ފޯމް ދޫކުރިިއިރު ކޮންމެ ފޯމަކަށް ތިން މޭޒް ދޫކުރަން އެބަ،" އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ނައިޓް މާކެޓުން 500 ވަރަކަށް މޭޒް ދޫކުރުމަށް ނިންމާފައިވާ އިރު މޭޒެއް ވިއްކަމުން ދަނީ 3900 ރުފިޔާ އަށް ކަމަށެވެ.

މި އަހަރުން ފެށިގެން ނައިޓް މާކެޓް ބާއްވާނީ އަހަރު އެންމެ ފަހަރަކު، އަދި ދެން އެ މާކެޓުތައް ބާއްވާނީ ޒަމާނުންސުރެ މާކެޓު ބާއްވަމުން އައި ވިޔަފާރިވެރިންގެ ޖަމިއްޔާއިންނެވެ.