18 Jan 2015, 00:02
ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ ޕްރޮގުރާމު، "ގެޓްސެޓް"ގެ ދަށުން ފަސް އަތޮޅެއްގައި މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި އެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ބުނީ، ގެޓްސެޓް ރޯޑްޝޯގައި ހޮނިހިރުދުވަހު ވަނީ ހއ، ފ، މ، ލ، އަދި ށ އަތޮޅުގެ ޒުވާނުންނަށް މައުލޫމާތު ދިނުމަށް ހާއްސަ ސެޝަންތަކެއް އެއަތޮޅުތަކުގައި ކުރިއަށް ގެންގޮސްފައި ކަމަށެވެ.

ގެޓްސެޓް ރޯޑްޝޯގައި އަތޮޅުގެ ޒުވާނުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ހާއްސަ ސެޝަންތަކުގެ ތެރެއިން -- ފޮޓޯ: ޔޫތު މިނިސްޓްރީ
ޔޫތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ހުސައިން އަމީން ވިދާޅުވީ، "ގެޓްސެޓް" ޕްރޮގުރާމުގެ ރޯޑްޝޯގެ ގޮތުގައި މުޅިރާއްޖެއަށް އަމާޒުކޮށްގެން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގުރާމުގެ އެންމެ ބޮޑު މަގްސަދަކީ ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ އެކަމަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށް އެ ޕްރޮގްރާމްގެ މުހިންމުކަން އޮޅުންފިލުވައި ދިނުން ކަމަށެވެ.
އެގޮތުން ގެޓްސެޓް ޕްރޮގުރާމަކީ ކޮބައިކަން އޮޅުންފޮލުވައިދީ އެ ޕްރޮގުރާމުގައި ބައިވެރިވާ ފަރާތްތަކުން ފުރަންޖެހޭ އެޕްލިކޭޝަން ފޯމް ފުރުމުގައި ސަމާލުކަންދޭންވީ ކަންތައްތަކަށް ހޭލުންތެރިކަން އިތުރުކުރުވުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގެޓްސެޓް ރޯޑްޝޯގައި އަތޮޅުގެ ޒުވާނުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ހާއްސަ ސެޝަންތަކުގެ ތެރެއިން -- ފޮޓޯ: ޔޫތު މިނިސްޓްރީ
ގެޓްސެޓް ޕްރޮގުރާމުގައި މައުލޫމާތު ދެއްވަނީ ޔޫތު މިނިސްޓްރީގެ ސްޓާފުންނާއި، ވޮލެންޓިއަރުންގެ ގޮތުގައި ޓްރެއިން ކުރެވިފައިވާ ހާއްސަ ފަރާތްތަކުންނެވެ.
ޔޫތު މިނިސްޓްރީން ބުނީ، ގެޓްސެޓް ރޯޑްޝޯ މިމަހުގެ 23 ވަނަ ދުވަހު ނިންމާލާއިރު އެ ޕްރޮގުރާމުގެ މައުލޫމާތު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިރިއުޅޭ ޒުވާނުންނަށް އޮޅުންފިލުވައި ދިނުމަކީ މިނިސްޓްރީގެ އެންމެ ބޮޑު އެއްމަގުސަދު ކަމަށެވެ.