އާޓިފިޝަލް ބީޗްގައި ހުރި މީހެއްގެ ފޯނު ފޭރުނު މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ހ. ކަނޑުފިނިގޭ އަހްމަދު ޝަފާހުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭ 12:15 ކަންހާއިރު އާޓިފިޝަލް ބީޗުގެ ބެންޗުމަތީގައި އިން ވ. ތިނަދޫ މީހެއްގެ ފޯނު، އިތުރު މީހަކާ ބައިވެރިވެގެން ފޭރިގެންފައިވާތީ އެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ އެތަނުގައި އިން މީހާގެ ގާތު ފޯނެއް ކޮށްލަން ފޯނު ދޭށޭބުމުން އެމީހާ ފޯނު ނުދިނުމުން އިތުރު މީހަކާ ބައިވެރިވެގެން އޭނާ ފޯނު ފޭރިގެންފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މިއީ އޭނާގެ މައްޗަށް ފޭރުމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.