07 Feb 2011, 15:12
އިދިކޮޅު ޕާޓީ ޑީއާރުޕީގެ އެޑްވައިޒަރީ ބޯޑުގެ ހިއުމަން ރިސޯސަސް އެޑްވައިޒަރަކަށް ދާދިފަހުން އައްޔަން ކުރެއްވި ޑރ. މުހައްމަދު ސައުދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޑރ. ސައުދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ދެންމެ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ "މިވަގުތު އަމިއްލަ ކަންތައްތައް ހުރި ގޮތުން" ކަމަށެވެ. ނަމަވެސް އެއީ އަމިއްލަ ކޮން ކަމެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
ޑރ. ސައުދު ވިދާޅުވީ އެ މަގާމާ ހަވާލުވެވަޑައިގަތީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޑީއާރުޕީ އަށް ހިދުމަތް ކުރެއްވުމުގެ ބޭނުމުގައި ކަމަށާއި އެކަން ނިމުމުން އިސްތިއުފާ ދެއްވީ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ޑީއާރުޕީ އަށް ކާމިޔާބުކޮށް ދިނުމަށް ފުދޭވަރެއްގެ މަަސައްކަތްތަކެއް ކޮށްދެއްވުނު ކަމަށް ގަބޫލު ކުރައްވާ ކަމަށް ޑރ. ސައުދު ވިދާޅުވި އެވެ.
"ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތީން އަޅުގަނޑު އެކަމާ ހަވާލުވީ. އެކަށީގެންވާ ކޮންޓްރިބިއުޝަނެއް ދެވިއްޖެ ކަމަށް ގަބޫލުކުރަން." ޑރ. ސައުދު ވިދާޅުވި އެވެ.