ޗައިނާގެ ޔޭންގްޓޭސް ކޯރަށް އިއްޔެ ބަންޑުން ޖަހާލި ޓަގުގައި ތިބި 22 މީހަކު މަރުވެއްޖެ އެވެ.

ބީބީސީ އިން މިއަދު ބުނީ އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސިންގަޕޫގެ ހަތަރު މީހަކާ އެކު ބިދޭސީ އަށް މީހަކު ތިބި ކަމަށެވެ.

އެ ޓަގް ބޯޓަކީ މުޅިން އާ ބޯޓެއް ކަމަށާއި އެ ހާދިސާ ހިނގައި ޓަގް ބަންޑުން ޖެހީ ޓަގުގެ ޓެސްޓް ދަތުރުގައި އުޅެނިކޮށް ކަމަށެވެ. އޭރު ޓަގުގައި 25 މީހުން ތިބި ކަމަށް ވެސް ނޫހުން ބުންޏެވެ. ނަމަވެސް ތިން މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.

ނޫހުން ބުނީ ބޯޓު އަޑިއަށް ދިޔައީ ފޫގޮސްގެން ކަމަށާއި ދިޔަވާން ފެށިތާ 20 ވަރަކަށް ސިކުންތުގެ ތެރޭގައި ބޯޓު އޮތީ އަޑީގައި ކަމަށެވެ.

އެ ޓަގުން ސަލާމަތްވި މީހަކު ބީބީސީ އަށް ބުނީ ޓަގުގެ އިންޖީނަށް ލޯޑް ދިން ދަނާ އެއްފަރާތަށް އަރިއަޅާލައި ފެންގަނޑު އަރައިގަތީ ކަމަށެވެ. އަދި ސިންގަޕޫރުގައި ރަޖިސްޓްރީކޮސްފައިވާ ޓަގު އަޑިއަށް ދިއުމުމަށް 20 ސިކުންތު ވެސް ނުނަގާ ކަމަށެވެ.