17 Jan 2015, 12:57
އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ތްރިޕޫރާގެ މީހަކު އޭނާގެ ދިހަ އަހަރުގެ އަންހެން ދަރިފުޅު ދިރިހުއްޓައި ވަޅުލަން އުޅުމުން ފުލުހުން އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.
ފިރިހެން މީހާގެ ގޭގެ ފުރަގަހުގައި އެ ކުޑަކުއްޖާ ވަޅުލަން އުޅުނީ އަންހެން ކުއްޖަކަށްވާތީ ބައްޕަ އެކަމާ ރުޅިއަންނާތީ ކަމަށް އެންޑީޓީވީން ބުންޏެވެ.
ފުލުހުން ބުނާ ގޮތުގައި ކުޑަ ކުއްޖާ ވަޅުލަން އުޅުނު އަބްދުލް ހުސައިން އެކަންތައް ކުރަން އުޅުނީ އޭނާގެ އަންހެނުން ގެއިން ބޭރަށް ދިޔަ ވަގުތު ކަމަށެވެ. ނަމަވެސް ކުއްޖާގެ މަންމަ އައުމާ ގުޅިގެން މެއާ ހިސާބަށް އެކުއްޖަ ވަޅުލުމަށް ފަހު އޮނު ހޮޅިހެއް ބޮލުގައި އަޅުވައި ފޮރުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަންހެން ކުއްޖާގެ މަންމަ، އެކުއްޖާ ހޯދީ އޭނާގެ އަންހެން ދަރިފުޅު ނުފެނުމުން ޝައްކު ކުރެވިގެން އަވަށްޓެރިންގެ އެހީއާއެކު އެއެވެ. އަދި އަވަށްޓެރިން އެ ފިރިހެން މީހާއަށް އަނިޔާ ކުރުމަށް ފަހު ވަނީ ފުލުހުންނަށް ގުޅައި އެކަން ރިޕޯޓުކޮށްފަ އެވެ.