ސައުދީ ބްލޮގެ މައްޗަށް 1000 ފަހަރުން ތައުޒީރު ކުރުމަށް ކުރި ހުކުމް ރަސްގެފާނުގެ އޮފީހުން ސުޕްރީމް ކޯޓަށް ފޮނުވައި އެ މައްސަލަ އިސްތިއުނާފުކޮށްފި އެވެ.

ބީބީސީ އިން މިރޭ ބުނީ ބްލޮގާ ރާއިފު ބަދާވީގެ މައްޗަށް އިއްވި ހުކުމުމް ރަސްގެފާނުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ބަދާވީގެ ގައިގައި މިދިޔަ ހަފުތާގައި 50 އެތިފަހަރުން ހައްދު ޖެހި އެވެ. ނަމަވެސް އޭނާގެ ސިއްހީ ސަބަބުތަކާ ހުރެ ދެވަނަ ބުރުގެ ހައްދު ޖެހުން ސަސްޕެންޑް ކުރި އެވެ.

އެއް ހާސް ފަހަރުން ހައްދު ޖެހުމުގެ އިތުރަށް 10 އަހަރަށް ޖަލަށް ލުމަށް ބަދާވީގެ މައްޗަށް ހުކުމް ކުރުމުން ބައިނަލްއަގުވާމީ ކޮމިއުނިޓީ އިން އެ މައްސަލައާ ދެކޮޅަށް ތެދުވި އެވެ.

ދީނީ އަދި ސިޔާސީ ކަންކަމާ މެދު، އޮންލައިން މެދުވެރިކޮށް ބަދާވީ 2008 ވަނަ އަހަރު ބަހުސުކުރަން ފެށި އެވެ. ނަމަވެސް ފަހުން އެ ނެޓްވޯކް ބަންދު ކުރި އެވެ. ދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ބަދާވީ ޖިއްދާގައި 2012 ވަނަ ހައްޔަރު ކުރި އެވެ.