މާލޭގައި މިއަދު ހަވީރު ހިންގި މާރާމާރީއެއްގައި ފުރާވަރު ކުއްޖެއްގެ ބުރަކަށްޓަށް ވަޅި ހަރައި، ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ މާރާމާރީ ހިންގާފައި ވަނީ މިއަދު އިރުއޮއްސި 6:00 ޖަހަން އުޅެނިކޮށް ނަސީމީ ހިނގުމުގައި ކަމަށާއި އެ މާރާމާރީގައި ޒަހަމްވެފައި ވަނީ 17 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާގެ ބުރަކަށްޓަށް ވަނީ ވަޅި ހަރާފަ އެވެ.

އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ އެ ކުއްޖާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެ މައްސަލާގައި ތުހުމަތުގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ ކުއްޖާއަށް ހަމަލާދިން މައްސަލަ ތަހުގީގުކޮށް، އެކަމުގައި ބައިވެރިވާ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.