07 Feb 2011, 11:50
ލ. ފޮނަދޫގެ ތިން ފިހާރައަކުން ގިނަ އަދަދެއްގެ މުދާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހަ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ފޮނަދޫގެ ތިން ފިހާރައިން ވައްކަން ކޮށްފައި ވަނީ ރޭ މެންދަމު 2:30 ހާއިރު އެ ފިހާރަތަކުގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ. އަދި އެތަންތަނުން ވަގަށްނަގާފައިވާ ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ސިނގިރޭޓާއި ކުޑަކުދިންގެ އަންނައުނާއޮ އިލެކްޓްރޯނިކް ސާމަނު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ވަގަށް ނެގި ބައެއް އެއްޗެހި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވައްކަން ކުރަން ވަން އެއްވެސް ފިހާރައެއްގައި އެވަގުތު ފައިސާ ބަހައްޓާފައި ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަތަކާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ލ. ގަން ތުނޑީ އަވަށު މީހަކާއި ގަމުގައި އަލަށް އާބާދުކުރާ ސަރަހައްދުގެ ކަޅައިދޫ ދެ މީހުން އަދި ފޮނަދޫން ތިން މީހުންނެވެ. މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.