ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށާއި، އެއް އޮޑިއެއްގައި އެމްޑީޕީ އިން ދަތުރުކުރަން ނިންމީތީ އުފާކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ގާނޫނު އަސާސީ ހިމާޔަތްކުރުމަށް އެއް އޮޑިއެއްގައި ދަތުރުކުރުމަށް ރައީސް ނަޝީދު ނިންމެވީތީ އުފާ ކުރައްވާ ކަމަށެވެ.




ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ގާނޫނު އަސާސީގެ ދިފާއުގައި ތެދުވުމަށް ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ގާނޫނު އަސާސީ ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ފިކުރު އެއްގޮތް ވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި ގާނޫނު އަސާސީ ހިމާޔަތްކުރުމަށް އެ ޕާޓީން ތެދުނުވާންވީ ސަބަބެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ، ގާނޫނު އަސާސީގެ ދިފާއުގައި ތެދުވުމަށް ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ގާނޫނު އަސާސީ ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ފިކުރު އެއްގޮތް ވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި ގާނޫނު އަސާސީ ހިމާޔަތްކުރުމަށް އެ ޕާޓީން ތެދުނުވާންވީ ސަބަބެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ، އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ދިވެހި ހުރިހާ ރައްޔިތުން ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީއާ އެކު ތެދުވުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.