ކްރިސްޓިއަން ދީނުގެ އެންމެ ބޮޑު ފާދިރީ ފްރެންސިސް،78، ސްރީލަންކާ އަށް ކުރެއްވި ދެ ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ވަނީ ފިލިޕީންސަށް ވަޑައިގެންފަ އެވެ.

ފާދިރީ ފިލިޕީންސުގެ މިލިޓަރީ އެއާޕޯޓަކަށް ފައިބައިވަޑައިގަތް އިރު ވަނީ ސިކިއުރިޓީ ވަރަށް ވަރުގަދަކޮށްފަ އެވެ. އޭބީސީ ނިއުސް އިން މިއަދު ބުނީ ޕޯޕްގެ މި ދަތުރުގައި އޭނާ އަށް ވައި އެހާ ރައްޓެހި ނޫން ކަމަށެވެ. އަދި ޕޯޕް ފިލިޕީންސަށް ބޯޓުން ފައިބަމުން ބޮލުގައި އަތް އުނގުޅައި ތާކިހާ ކޮބައިތޯ ބެލި އިރު އޭނާގެ ތާކިހާ އޮތީ ވަޔާ ވިއްސައިގެން ގޮސް އެހެން މީހެއްގެ ބޮލުގައި އެޅިފަ އެވެ.

ޕޯޕް ސްރީލަންކާގައި ވާހަކަ ދައްކަވަނިކޮށް ވެސް ވަނީ އޭނާގެ މުޅި މޫނުގައި ބޯވަޅު އެެޅި މުޅި މޫނު ފޮރުވިފަ އެވެ. އޭނާ ވާހަކަ ދައްކަވަމުން ދިޔަ އިރު، އިތުރު މީހަކަށް ޖެހުނީ އޭނާގެ ބޯވަޅު ތިރި ކުރުމުގެ މަސައްކަތުގައި އުޅޭށެވެ.

ޕޯޕް ލަންކާގައި ވާހަކަ ދައްކަވަނިކޮށް ބޯވަޅު މޫނުގައި އެޅުމުން މީހަކު ނައްޓަނީ --

ރޮއިޓާސް އިން މިއަދު ބުނީ ޕޯޕް ހަފްތާގެ ބަންދުގައި ފިލިޕީންސުގައި އުޅުއްވާ އިރު 50،000 ފުލުހުންނާއި ސިފައިން އޭނާގެ ސަލާމަތާއި ރައްކާތެރި ކަމަށް ނެރެފައިވާ ކަމަށެވެ.