ދުނިޔޭގެ ބާޒާރުގައި ސާފު ނުކާރާ ތެލުގެ އަގު އިތުރަށް ވެއްޓިއްްޖެ އެވެ.

އެމެރިކާގެ ބްރެންޓާއި ޑަބްލިޔުޓީއައި އާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނީ ޑިމާންޑަށް ވުރެ ސްޕަލައި އިތުރުވުމުގެ ސަބަބުން ޑޮލަރަކަށް ވުރެ ބޮޑު އަދަދެއް މިއަދު ފީފާއަކުން އަގުހެޔޮވެފައިވާ ކަމަށެވެ.

ތެލުގެ އަގު ވެއްޓިފައި ވަނީ މީގެ ހަ އަހަރުގެ ތެރޭގައި ވެއްޓުނު އެންމެ ބޮޑަށެވެ.

މިއަދު ބްރެންޓުން ތެޔޮ ވިއްކީ ކުރިއަށް ވުރެ، 2.5 ޕަސެންޓް ނޫނީ 1.31 ޑޮލަރު އަގުހެޔޮކޮށް، 48.55 ޑޮލަރަށް ފީފާއެކެވެ. އަދި ކުރުޑު ސީއެލް އިން ތެޔޮ ވިއްކީ ފީފާއަކުން، 89 ސެންޓް އަގުހެޔޮކޮށް، 47.59 ޑޮލަރަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުގެ ބެންޗުމާކް ކަނޑައަޅަނީ ބްރެންޓުންނެވެ.