ދިވެހި މުޖްތަމަޢަށް ދީލަތި އެހީތެރިކަން ވެދެއްވަމުން ގެންދަވާ އެކުވެރި އަރަބި ‏‏އިމާރާތުގެ ރައްޔިތެއް ކަމުގައިވާ މަޙްމޫދު ފައްތާޙް ޢަލީ ޢަބްދުﷲ އަލް ޚާޖާއަށް "ނިޝާން މުލީގޭ ‏‏ޝަރަފުގެ ޢިއްޒަތް" ‎‏އަރުވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ‏‏އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ‏މަޙްމޫދު ފައްތާޙް ޢަލީ ޢަބްދުﷲ އަލް ޚާޖާއަށް‏‎ ‎‏ދިވެހި ދައުލަތުގެ ޢިއްޒަތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެރުވީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޑ)ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ ޤާނޫނުގައިވާ ‏‏ގޮތުގެ މަތިން އިނާމާއި، ލަޤަބާއި، ޝަރަފާއި، މެޑެލް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.

‏‏ލިބިދީފައިވީ ހިނދު، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ވަކިން ޚާއްޞަކޮށް، ‏‏މުޖުތަމަޢުގައި ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ މީހުންގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ‏‏ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.‏

‏މަޙްމޫދު ފައްތާޙް ޢަލީ ޢަބްދުﷲ އަލް ޚާޖާއަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ ދިވެހިންނާމެދު ބަހައްޓަވާ ގާތް ކަމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ‏‏މަސައްކަތްތަކަށް ‏ޝުކުރު އަދާ ކުރައްވަމުންނެވެ.‏

އެ ރަސްމިއްޔާތުގައި ‏މަޙްމޫދު ފައްތާޙް ޢަލީ ޢަބްދުﷲ އަލް ޚާޖާ ‏‎‏ދެއްކެވި ‏‏ވާހަކަފުޅުގައި ދިވެހި ދައުލަތުގެ ޢިއްޒަތް އެމަނިކުފާނަށް އެރުވިކަމަށް ދިވެހި ސަރުކާރަށާއި ‏‏ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި މިއީ އެމަނިކުފާނަށާއި، އެމަނިކުފާނުގެ އާއިލާއަށް ‏‏ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމުގައި ވިދާޅުވި އެވެ. މީގެއިތުރަށް، ‏‏ކުރިއަށްއޮތްތަނުގައިވެސް ރާއްޖޭގެ އުޚްވަތްތެރި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ‏‏ގެންދަވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ. ‏