އޭއެފްސީ އޭޝިއަން ކަޕްގައި މިހާތަނަށް ގްރޫޕް 'ބީ' ގައި އެ ޓީމް ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށް، ތާވަލްގެ އެއްވަނަ ޗައިނާ ހޯދައިފި އެވެ.

އެ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ކާމިޔާބީއާއެކު، ޗައިނާ މިހާރު ވަނީ މުބާރާތުގައި ހަ ޕޮއިންޓު ހޯދާފައެވެ. މުބާރާތުގެ ގްރޫޕް 'ބީ'ގައި ކޮންމެ ޓީމެއްވެސް މިހާރު ދެ މެޗު ކުޅެފައި ވާއިރު، އެ ގްރޫޕުގެ ދެވަނަ ތިން ޕޮއިންޓާއި ދެ ފައިދާ ގޯޅަ އެކު ހޯދާފައި ވަނީ ސައުދީ އަރަބިއްޔާ އެވެ. އަދި ތާވަލްގެ ތިންވަނައިގައި އޮތް އުޒްބަކިސްތާނަށްވެސް މިހާތަނަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

އެ މުބާރާތުގައި އިއްޔެ ޗައިނާ ކުޅުނު މެޗު އެ ޓީމް ކާމިޔާބު ކުރީ އުޒްބަކިސްތާނާ ވާދަކޮށް، 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބުކޮށް، މެޗުގައި ފުރަތަމަ ލީޑު ނެގީ އުޒްބެކިސްތާނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އޮދިލް އަހުމަދޮވް އެވެ.

މެޗުގައި ޗައިނާއަށް ކާމިޔާބު ކުރެވުނު ދެ ލަނޑުވެސް އެ ޓީމް ކާމިޔާބު ކުރީ ދެވަނަ ހާފްގައެވެ. މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވޫ ޒީ އެވެ. އަދި މެޗިގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ޗައިނާއަށް މެޗުގެ ލީޑު ހޯދަދިނީ 68 ވަނަ މިނެޓުގައި އެ ޓީމްގެ ސުން ކޭ އެވެ.

އެ ކުމުބާރާތުގައި އިއްޔެ ޅުނު ގްރޫޕް 'ބީ' ގެ ދެވަނަ މެޗުގައި ބައްދަލުކުރީ އުތުރު ކޮރެއާ އާއި ސައުދީ އަރަބިއްޔާ އެވެ. އެ މެޗު ސައުދީން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީ މެޗުގައި ލީޑް ކޮރެއާއަށް ހޯދަދިނީ 12 ވަނަ މިނެޓުގައި އެ ޓީމްގެ ރިޔަންގް ޔޮންގީ އެވެ. އަދި މެޗުގެ ނަތީޖާ ސައުދީއަށް ހަމަހަމަ ކޮށްދިނީ މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމްގެ ހަޒާޒީ އެވެ.

މެޗުގެ ލީޑް ސައުދީން ނެގީ ދެވަނަ ހާފްގައެވެ. ދެވަނަ ހާފްގެ 52 ވަނަ މިނެޓުގައި ސައުދީގެ ދެވަނަ ލަނޑު އެ ޓީމަށް އަލްސަހްލަވީ ކާމިޔާބު ކޮށްދިން އިރު، އޭގެ ދެ މިނެޓު ފަހުން އޭނާ އެ ޓީމުގެ ތިންވަނަ ލަނޑުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެ މެޗުގެ ފަހު ލަނޑު ސައުދީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމްގެ އަލް އަބީދް އެވެ.

އެ މުބާރާތުގައި މިއަދު ކުޅެން ހަމަ ޖެހިފައި ވަނީ ގްރޫޕް 'ސީ' ގެ ދެ މެޗެވެ.