15 Jan 2015, 00:56
މޯލްޑިވިއަންގެ ފްލައިޓެއްގެ ލޭންޑިން ގިޔަރުގައި މައްސަލަ ޖެހި އިބްރާޙިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އަށް އަނބުރާ ޖައްސައިފި އެވެ.
ލޭޑިން ގިޔަރުގައި މައްސަލަ ޖެހުނީ އައްޑޫ ސިޓީ ގަމާއި ލ. ކައްދޫއަށް ދިޔަ މޯލްޑިވިއަންގެ ފުލައިޓެއްގައެވެ. މިރޭ 10:30 ގައި އައިއެންއައިއޭ އިން ފުރި ފުލައިޓުގައި މައްސަލަ ޖެހި 20 މިނިޓް ފަހުން އަނބުރާ ހުޅުލެއަށް ޖެއްސި އެވެ. ލޭންޑިން ގިޔަރުގައި ޖެހުނު މައްސަލަ ބައި ގަޑިއިރުތެރޭ ހައްލުކޮށް، ފުލައިޓްގެ ދަތުރު އަލުން ފެށީ މިރޭ 11:25 ގައެވެ.
"ލޭންޑިން ގިއަރގައި މައްސަލަ ޖެހުނީ. ހަގީގަތުގައި އެއީކީ މާބޮޑު މައްސަލައެއް ނޫން. އަނބުރާލާފައި އައިސް ފުލައިޓް ޖެއްސިތާ މާގިނައިރުތަކެއް ނުވެ، މައްސަލަ ހައްލުކޮށް ދަތުރުތައް އަލުން އެ ވަނީ ފަށާފައި،" މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވި އެވެ.