ސްރީލަންކާގައި އަލަށް އިންތިހާބު ކުރި، މައިތިރި ޕާލާ ސިރިސޭނާގެ ސަރުކާރުން 692 ކުށްވެރިއަކު މިއަދު ޖަލުން މިނިވަންކޮށްފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮޕް ޕްރިޒަންސް ޗަންދުރަތަނާ ޕެލަގަމާ އާ ހަވާލާދީ ކޮލަމްބޯ ގެެޒެޓުން މިއަދު ބުނީ އެ ކުށްވެރިން މިނިވަން ކުރީ ތިން ކެޓަގަރީއަކުން ކަމަށާއި އެ މީހުން މިނިވަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ޖަސްޓިސް މިނިސްޓަރު ވިޖޭދާސާ ރާޖަޕަކްސާ އަންގަވާފައިވާ ކަމަށެވެ.

ޖަލުން މިނިވަން ކުރީ އުމުރުން 75 އަހަރުން މަތީގެ މީހުންނާއި އަދި އެެ ބައެއްގެ ޖަލު ހުކުމުން ބޮޑުބައެއް ވޭތުކޮށްފައިވާ މީހުން ކަމަށެވެ. އެއްތިރީސް ޖަލަކުން މީހުން މިނިވަން ކުރި ކަމަށް ކަލަމްބޯ ގެޒެޓުން ބުންޏެވެ.