މެކްސިކޯގެ ގޭންގަކުން މިދިޔަ އަހަރު އެގައުމުގެ ކޮލެޖެއްގެ 43 ދަރިވަރަކު ވަގަށް ނަގައި މަރައިލި މައްސަލައިގައި އެގައުމުގެ ދެކުނުގެ ރަށެއްކަމަށްވާ އިގުއާލާގެ ކުރީގެ މޭޔަރުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މެކްސިކޯގެ ފެޑެރަލް އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑައިރެކްޓަރް އޮފް ކްރިމިނަލް އިންވެސްޓިގޭޝަންސް ތޯމަސް ޒެރޮންއާ ހަވާލާދީ އެންބީސީ ނިއުސް ބުނީ ކުރީގެ މޭޔަރު ހޯސޭ ލުއިސް އަބަރްކާ ހައްޔަރު ކުރުމުގެ އަމުރެއް ލިބިފައިވާ ކަމަށެވެ.

އަރްބާކާއާއި އޭނާގެ އަންހެނުން ރާވައިގެން ހިންގާ ކުށްތަކުގައި ބައިވެރިވިކަމުގެ ތުހުމަތަށް މިހާރުވެސް ތިބީ ހައްޔަރުކޮށްފައެވެ.

މެކްސިކޭގެ ޑްރަގް ގޭންގަކާ ގުޅިފައި ތިބި ފުލުހުން ތަކެއް އިގުއާލާ ސިޓީގައި 43 ކިޔަވާ ކުއްޖަކު ވަގަށް ނެގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ. އެކުދިން މަރައި، ހަށިތައް އަންދާލާފައިވާ ކަމަށް މެކްސިކޯ ފުލުހުން މިހާރު ހައްޔަރުކޮށްފައި ތިބި ބައެއް ގޭންގް މެމްބަރުން ވަނީ އިއުތިރާފްވެފައެވެ. އެހާދިސާއާއި ގުޅިގެން މެކްސިކޯގެ ގިނަ ރައްޔިތުން ތަކެއް ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރިއެވެ.