14 Jan 2015, 14:49
ކްރިސްޓިއަންދީނުގެ ބޮޑު ފާދިރީ ޕޯޕު ފްރެންސިސް އިއްޔެ އިން ސުރެ ވަޑައިގެން އުޅުއްވަނީ ސްރީލަންކާގަ އެވެ.
އޭނާ އަށް ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ރަތް ދޫލައިގެ މަރުހަބާ ވިދާޅުވީ އަލަށް، ސްރީލަންކާގެ ރައީސް ކަމަށް އެ ގައުމުގެ ރައްޔިތުން އިންތިހާބު ކުރި މައިތިރި ޕާލާ ސިރިސޭނާ އެވެ.
އާޖެންޓީނާ އަށް އުފަން ޕޯޕް،78، ލަންކާ އަށް ވަޑައިގަތީ ވަރަށް ދިގު ދަތުރެއް ކުރެއްވުމަށް ފަހު ރޯމުން ކަމަށް ވުމުން، އަދި ލަންކާގައި އަވީގައި ގިނަ އިރުތަކެއް ހޭދަ ކުރަން ޖެހުމުގެ ސަބަބުން ބަލިވެ، ކުރިން ޕްލޭން ކުރި ބައެއް ބައްދަލުވުންތައް ކެންސަލްކުރަން ޖެހުނެ އެވެ.
ޕޯޕް އެއާޕޯޓަށް ވަޑައިގަތުމަށް ފަހު ބައްދަލުވުން ބޭއްވި ތަނަކީ ވަރަަށް ވައިގަދަ ތަނެކެވެ. ނަތީޖާއެއްްގެ ގޮތުން ޕޯޕް ވާހަކަ ދައްކަވަމުން ދިޔަ އިރު ފުރަގަހުން އެކަކަށް ޖެހުނީ އޭނާގެ ބޯވަޅު ނަގައި ތިރިކުރާށެވެ. ބައެއް ފަހަރު މުޅި މޫނުގައި ވެސް އޭނާގެ ބޯވަޅު އެޅި މުޅި މޫނު ފޮރުވޭ ފަހަރު ދެ އެވެ. އެ މަންޒަރުތައް ވަނީ އޭއެފްޕީގެ ފޮޓޯގްރާފަރު އިޝާރާ ކޮޑިކަރާ ވަރަށް ރަނގަޅަށް އޭނާގެ ކެމަރާ އިން ކުރަހައިފަ އެވެ. މި ވަނީ އެ ފޮޓޯތަކެެވެ.

