މިދިޔަ ސީޒަންގައި ކްލަބް ވެލެންސިޔާގެ ގޯލް ބެލެހެއްޓި އެ ޓީމުގެ ކީޕަރު އިބްރާހިމް އިފްރާހު އަރީފް އަންނަ ސީޒަނަށް ބީޖީ ސްޕޯޓްސް ކްލަބަށް ސޮއި ކޮށްފިއެވެ.

އިފްރާހު ބީޖީއަށް ސޮއި ކުރިކަން އޭނާ ވަނީ ޔަގީން ކޮށްދީފައެވެ. އިފްރާހު ބުނިގޮތުގައި އޭނާ އަންނަ ސީޒަންގައި ބީޖީއަށް ކުޅެދޭން ސޮއި ކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނެވެ. ނިއުރޭޑިއެންޓާއި މާޒިޔާ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައިވާ އިފްރާހު ވަނީ މީގެ ކުރިން ރާއްޖޭގެ ގައުމީ ޓީމްގެ ސްކޮޑުންވެސް ޖާގަ ހޯދާފައެވެ.

އިފްރާހު ބީޖީއަށް ސޮއިކުރިކަން އެ ކްލަބުންވެސް ވަނީ ޔަގީން ކޮށްދިފައެވެ. އޭނާ މީގެ ކުރިންވެސް ބީޖީއަށް ކުޅެފައި ވާއިރު، އެ ކްލަބްށް އިފްރާހުގެ އިތުރުން އަދި އިތުރު ގޯލް ކީޕަރެއް ގެންނަން ވިސްނަމުން ދާކަމަށް އެ ކްލަބުން ވަނީ މައުލުމާތު ދީފައެވެ. އަދި އަންނަ ސީޒަންގައި އެ ޓީމްގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، އެ ކްލަބުން އިތުރު ކުޅުންތެރިން ހޯދަމުން ދާ ކަމަށްވެސް ބީޖީން މައުލޫމާތު ދެއެވެ.

މިދިޔަ ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ނުވާ ބީޖީ މިދިޔަ އަހަރުގެ ލީގު ނިންމާލާފައި ވަނީ ތާވަލްގެ އެންމެ ފުލުގައި އޮވެގެނެވެ. އަދި މި އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު މިހާރު އެ ޓީމަށް އޮތީ ދެވަނަ ޑިވިޝަންގެ ރަނަރަޕް ޓީމާ ދެކޮޅަށް ކުޅޭ ރެލިގޭޝަން މެޗު ކާމިޔާބު ކޮށްގެނެވެ.