ހއ. ކެލާގައި ވޯޓުލުން ކުރިއަށް ދަނިކޮށް ބަޔަކު ވޯޓު ފޮށީގައި ބަނޑު އަޅައި ހަމަނުޖެހުން ހިންގައިފި އެވެ.
ކެލާއިން ވާހަކަ ދެއްކި މީހަކު ބުނީ މައްސަލަ ޖެހުމުން ފުލުހުން އެތަނަށް އެއްވެ ތިބި މީހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށާއި ނަމަވެސް ވޯޓުލުމަށް ރަށު ސްކޫލަށް އެއްވެފައި ތިބި 100 އެއްހާ މީހުން ވޯޓު ފޮއްޓަށް ހަމަލާދީ ފޮށީގައި ބަނޑު އެޅީ ކަމަށެވެ.
ސަން އޮންލައިނާ ކެލައިން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ވޯޓު ފޮށީގައި ބަނޑު އަޅައިގެން ތިބި މީހުން ފަހުން ފޮށި އެއްލާލައި ފޮށި ބަހައްޓާފައި ހުރި މޭޒު ވެސް އެއްލާލި ކަމަށެވެ. ނަމަވެސް ވޯޓު ފޮއްޓަށް އިތުރަށް ގެއްލުމެއް ދިނުމުގެ ކުރިން އެތަނަށް ގޮސް ތިބި 20 ފުލުހުން ވޯޓު ފޮށި އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޮއްޓަށް ހިމާޔަތް ދިން ކަމަށެވެ.