ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާގައި އެކަނިވެސް ގާތްގަނޑަކަށް ވިހި މިލިޔަން މީހުންނަކީ ސިކުނޑީގެ ބަލިމީހުންނެވެ. މިފަދަ މައްސަލަތައް ދިމާވާ މީހުންނަށް ލުއެއް ހޯދުމަށް ޑޮކްޓަރީ ބޭސްފަރުވާގެ އިތުރަށް އަމިއްލައަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ހުރެ އެވެ. އެހެންނަމަވެސް ހިތާމައަކީ މިބަލީގެ ގިނަ މީހުން އެއްވެސް ފަރުވާއެއް ނުހޯދުމެވެ. ސިކުނޑީގެ ބަލިމީހުން ނުވަތަ ޑިޕްރެޝަން މައްސަލަ ހުންނަ މީހެއްގެ ކިބައިން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ނިދަން އުދަނގޫވުން، ސަމާލުކަން ނުދެވުން، ފަސޭހަ ކަންތައްތައް ކުރަން އުދަނގޫވުން، އުސޫލްތައް ގެއްލި މާގިނައިން ކެއުން، އަވަހަށް ރުޅިގަދަވުން، އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމެވެ. މިފަދަ ކަމެއް ދިމާވާ ނަމަ އެންމެ ރަނގަޅު ގޮތަކީ އަވަހަށް ޑޮކްޓަރެއްގެ ލަފައާއި އިރުޝާދާއި އެކު ފަރުވާ ހޯދުމެެވެ.

ސިކުނޑީގެ ބަލިމީހުން ފަރުވާ ހޯދުމަށް އަމިއްލައަށް ކުރެވިދާނެ ކަންތައްތައް!
1.އޮމެގާ-3-ފެޓީ އެސިޑް
މިއީ ސަރުބީގެ ވަތްތަރެކެވެ. މި ވަތްތަރުގެ ސަރުބީ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށް އެހީވެދެ އެެވެ. ވުމާ އެކު ސިކުނޑީގެ ބަލިމީހުން މި މާއްދާ އެކުލެވިގެންވާ ކާނާގެ ބާވަތްތައް ބޭނުންކުުރުމަކީ ބައްޔަށް ލިބިގެންދާނެ އިތުރު ލުޔެކެވެ. ދިވެހިންގެ ތެރޭގައި އާންމު އެއް ބާވަތެއް ކަމުގައިވާ ފަރުމަހަކީ މި މާއްދާއިން މުއްސަނދިކަން ލިބިފައިވާ އެއްޗެކެވެ.

2.ފޮލިކް އެސިޑް
މި މާއްދާއަކީ އަކީ ހަށިގަނޑުން ޑިޕްރެޝަންގެ އުދަނގޫތަކާއި ދުރުކުރުމަށް އެހީވެދޭ އެއްޗެކެވެ. ފޮލިކް އެސިޑް ހިމެނޭ ބާވަތްތަކުގެ ތެރޭގައި ފެހިކުލައިގެ ފަތްތަކާއި، ތަރުކާރީ، މޭވާ އަދި ތޮޅި ހިމެނެ އެވެ.

3. ކަސްރަތު
ކޮންމެ ދުވަހަކު ގަވާއިދުން ކަސްރަތު ކުރާނަމަ ޑިޕްރެޝަންގެ މައްސަލައަށް ލުއިކަން ލިބިގެންދާނެއެވެ. ކަސްތަރުކުރުމުން މީހާ ހަރަކާތްތެރިވެގެން ދެއެވެ. އަދި މިކަމުގެ ސަބަބުން ސިކުނޑީގެ ބަލިމީހުންނަށް ލުއި ލިބިގެންދެއެވެ.

4.ފައިދާހުރި ކާނާ
ފޮނި އެއްޗެހި ކާ ހިތްވާ ކަމުގައިވާނަމަ މިވަގުތު އެންމެ ރަނގަޅު ވާނީ އެކެއުން މަދު ކުރުމެވެ. ސަބަބަކީ ފޮނި އެއްޗެހި ކެއުމުން އެވަގުތަށް ހަށިގަނޑުގައި ވަރު ޖެހުނަސް ފަހުން މޫޑް ޙަރާބުވެގެންދާނެ އެވެ. އަދި މިއާ އެކު ކެފެއިން ބޭނުންކުރުން ހުއްޓާލާށެވެ. ޑިޕްރެޝަންގެ މައްސަލަތައް ދިމާވާ ކަމުގައިވާ ނަމަ ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ.