ށ. މިލަންދޫ ކައުންސިލްގެ ދެ މެމްބަރަކު ކައުންސިލަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒު ހަސަން ވިދާޅުވީ ކައުންސިލަރު ކަމުން އިސްތިއުފާދެއްވާފައި ވަނީ ކައުންސިލްގެ ނައިބު ރައީސް ހަސަން ފަޔާޒު އާއި ކައުންސިލް މެމްބަރު މުހައްމަދު ޔާސިރު ކަމަށެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ކައުންސިލްގެ ނައިބު ރައީސް ފަޔާޒު އިތިއުފާދެއްވީ މިއަދު ކަމަށާއި އަދި ކައުންސިލް މެމްބަރު ޔާސިރު އިސްތިއުފާދެއްވީ މީގެ ދެ ދުވަސްކުރިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ނައިބު ރައީސް ފާއިޒުގެ އިސްތިއުފާ ސިޓީގައި އޭނާ އިސްތިއުފާދެއްވި ސަބަބެއް ބަޔާންކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ކައުންސިލް މެމްބަރު ޔާސިރުގެ ސިޓީގައިވާގޮތުން އޭނާ އިސްތިއުފާ ދެއްވީ ސިޔާސީ މަގާމަކަށް ބަދަލުވުމުގެ ގޮތުން ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ކައުންސިލަރުކަމުން އިސްތިއުފާދެއްވި ޔާސިރު މިހާރު ހުންނެވީ އެރަށު ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެވަޑައިގެން ކަމަށެވެ.