ތޫފާނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައިގެ ސަބަބުން ޣައްޒާއަށް ބޭނުންވާ ވަރަށް ގޭސް ނުގެންދެވި، އެރަށުގެ ރައްޔިތުންނަށް ގޭސް ނުލިބުމުގެ ދަތިކަން ކުރިމަތިވެއްޖެ އެވެ.

ޣައްޒާގެ އޮފިޝަލުންނާ ހަވާލާދީ ފަލަސްތީނުގެ މައާން ނިއުސް އެޖެންސީ ބުނީ 1.7 މިލިޔަން މީހުން ދިރިއުޅޭ ޣައްޒާގެ ރައްޔިތުންނަށް ދުވާލަކަށް 300 ޓަނުގެ ގޭސް ބޭނުންވާ އިރު އެރަށަށް ފާއިތުވި 10 ދުވަސްތެރޭގައި އެތެރެކުރެވިފައި ވަނީ އެންމެ 40 ޓަނުގެ ގޭސް ކަމަށެވެ. އަދި ބުނީ ގޭސް އަޅައިދޭ ގިނަ ސްޓޭޝަންތައް ބަންދުކޮށްފައިވާ ކަމަށެވެ.
ޣައްޒާއަށް ތަކެތި އެތެރެކުރަން ހުރި މަގުތައް އެސަރަހައްދަށް މިހާރު އަރާފައިވާ ތޫފާން ހުދާ ގެ ސަބަބުން ފުރިހަމައަށް ބޭނުން ނުކުރެވޭގޮތް ވަނީ ވެފަ އެވެ.

އިސްރާއީލުން އެކި ފަހަރުމަތިން ހިންގާފައިވާ ނުރައްކާތެރި އުދުވާން ތަކުގައި ގެދޮރު ގެއްލިފައި ތިބި އެތައް ބަޔަކު ދިރިއުޅޭ ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ތޫފާނުގެ ސަބަބުން ވަނީ ފެންބޮޑުވެފަ އެވެ. އެކަމާ ގުޅިގެން ބައެއް އާއިލާތައް ވަނީ އެހެން ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ސިފައިން މިދިޔަ އަހަރުގެ އޮގަސްޓްމަހާއި ޖުލައި މަހު ހިންގި އުދުވާނަށް ފަހު ނަފުސާނީ މައްސަލަތަކާ ހެދި ގިނަ އަދަދެއްގެ ސިފައިން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އެ ދުވާނުގައި ޣައްޒާ އިން 2000 އަށް ވުރެ ގިނަ މީހުން މަރާލި އިރު އޭގެ ތެރޭގައި 600 ކުޑަކުދިންނާއި 400 އަންހެނުން ހިމެނެ އެވެ.