12 Jan 2015, 22:48
ޕާކުކޮށްފައި އޮތް ކާރެއްގެ އެންޓަނާ ނައްޓާލައިގެން މަގުމަތީގައި ވިއްކަން އުޅެނިކޮށް، އެ ކާރުގެ ޑްރައިވަރާ ދިމާވުމުން ވައްކަން ކުރިކަން ފަޅާއަރައިފި އެވެ.
އައިޖީއެމްއެޗް ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގެ އެންޓަނާ ވަގަށް ނަގައިގެން، މަގުމަތީގައި ވިއްކަން އުޅެނިކޮށް އެ ކާރު ޑްރައިވަރާ ދިމާވީ މިއަދު ހަވީރު އެވެ. ޑްރައިވަރު ވަނީ އެންޓަނާ ވިއްކަން އުޅުނު މީހާ ހިފަހައްޓައި ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފަ އެވެ. ފުލުހުން ވަނީ އެ މީހާ މިއަދު ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.