ކޮލަމްބޯ، ސްރީ ލަންކާ (އޭޕީ) – ސްރީ ލަންކާގެ އާ ރައީސް މައިތުރިޕާލަ ސިރިސޭނާ އޭނާގެ އާ ކެބިނެޓް އެކުލަވާލައްވައި، އަދި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ޕާލިމެންޓަރީ އިލެކްޝަނެއް ބާއްވަވާނޭކަން އިއުލާނުކުރައްވައިފި އެވެ.

ސިރިސޭނާ މިއަދު ވަނީ، އޭނާގެ ކެބިނެޓަށް 26 މެންބަރަކު އައްޔަން ކުރައްވައިފައެވެ. އަދި އާ ކެބިނެޓްގެ މަސައްކަތަކަށް ވާނީ، ޕާލިމެންޓް އިންތިހާބު ބޭއްވުމުގެ ކުރިން، ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި އޭނާގެ ރިޔާސީ ކެމްޕޭން ވައުދުތައް ފުއްދުންކަމަށް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްރީ ލަންކާގައި ބޭއްވި، ރިޔާސީ އިންތިޚާބު، ސިރިސޭނާ ކާމިޔާބުކުރެއްވީ، އެގައުމުގެ ނުފޫޒުގަދަ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ މައްޗަށް ކުރިހޯއްދަވައިގެންނެވެ.

ސިރިސޭނާގެ ރިޔާސީ ކެމްޕޭން ވައުދުތަކުގެ ތެރޭގައި، ގާނޫނު އަސާސީ އިސްލާހުކުރުމާއި، ގައުމުގައި ޑިމޮކްރަސީ އިސްލާހު ތައާރަފްކުރުމާއި، ކާނާއާއި ތެލުގެ ބާވަތްތަކުން ޓެކްސް ނުނަގާގޮތަށް ހަމަޖެއްސުން ހިމެނެ އެވެ.