12 Jan 2015, 14:59
ފްރާންސުގެ ވެރި ރަށް ޕެރިހުގައި މީގެ ދެ ތިން ދުވަސް ކުރިން ނޫހަކަށް ހަމަލާދީ 11 މީހަކު މަރާލި ހާދިސާއަކީ ހިނގަން ޖެހޭ ހާދިސާއެއް ކަމަށް ބައެއް މީހުން ސިފަ ކުރި އެވެ. އެ ކަމަށް ސަބަބުތައް އެބަހުއްޓެވެ.

ޖަހޫދީ ލީޑަރުންނާއި މުސްލިމް ލީޑަރުން ހިނގާލުން ފެށުމުގެ ކުރިން ސަލާމް ކުރަނީ
އެއީ މި އުންމަތުގެ ރަސޫލާ މުހައްމަދު ޞަލަﷲ އަލައިހި ވަސައްލަމައަށް، ފުރައްސާރަކޮށް މަލާމަތް ކުރި ނޫހަކާއި އެ ނޫހުގެ އެޑިޓަރަށް އެ އަދަބު ހައްގު ކަމަށް އެ މީހުން ދެކުމެވެ. އަދި ފްރީޑަމް އޮފް އެކްސްޕްރެޝަނަކީ އެހެން ދީންތަކަށް މަލާމަތްކޮށް ފުރައްސާރަ ކުރުން ނޫން ކަމަށް ދެކުމެވެ. އަދި ހަމަ އެހެންމެ އެއްވެސް ބަޔަކަށް އަނެއް ބައެއްްގެ ގަބޫލުކުރުންތަކަށް ފުރައްސާރަކޮށް މަލާމަތް ކުރުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް ވެސް އެ މީހުން ދެކެ އެވެ. އަދި ރަސޫލާ އަށް ކާޓޫނު ކުރަހައި މުޅި އިސްލާމް ދީނަށް މަލާމަތް ރައްދުވާ ގޮތަށް ވާހަކަތައް ފެތުރުމަކީ ނޫސްވެރިކަމުގެ މިނިވަން އޮތްކަން ކަށަަވަރު ކުރަން، ކުރަން ޖެހޭ ކަންކަން ނޫން ކަމަށް ވެސް އެ ފަރާތްތަކުން ދެކެ އެވެ. އަދި ކިއެއްތަ އެއީ އެނެއް ބަޔަކުގެ ލޭ ކައްކުވައި ރުޅި އެރުވުން ނޫން ދެވަނަ ކަމެއް ނޫން ކަމަށް ވެސް ދެކެ އެވެ. އެމެރިކާގެ ކްރިސްޓިއަން ޖަމާއަތެއް ކަމަށްވާ، ކެތެލިކް ކްރިސްޓިއަން ލީގުން ދެކެނީ ވެސް އެ ގޮތަށެވެ.

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކްޓެލް އާއި ފްރާންސުގެ ރައީސް
ނަމަވެސް ދުނިޔެ އެކަން ބަލައި ގަތީ މުޅިން އެގޮތަކަށް ނޫނެވެ. އަދި އިއްޔެ ޕެރިހުގައި ބޭއްވި ހިނގާލުމުން އެކަން ކަށަވަރުވި އެވެ. މުޅި ދުނިޔޭގެ ހުރިހާ ދިމާލަކުން މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި މުސްލިމެއް ކުރިސްޓިއަނެއް ޔަހޫދީއެއް ތަފާތު ކުރުމަކާ ނުލަ އެވެ. އަދި އެ ހިނގާލުމުގައި ދުނިޔޭގެ މުސްލިމު ލީޑަރުންނާއި ޔަހޫދީ ލީޑަރުންނާއި ކްރިސްޓިއަން ލީޑަރުން އެ ހިނގާލުމުގެ ކުރީ ސަފުން ފެނުމުން ދޭހަކޮށް ދިނީ އެއްްވެސް ހާލެއްގައި އެެ ހިންގި ގަތުލު އާންމަކީ ހިންގައިގެންވާނެ ގަތުލު އާންމެއް ނޫން ކަމަށެވެ. އަދި އެއީ ޖަސްޓިފައި ކުރެވޭނެ އަމަލެއްް ނޫން ކަމަށެވެ. އަމަލީ ގޮތުން އެ ހިނގާލުމުގައި ބައިވެރި ނުވެވުނު ގައުމުތަކުން އެ މީހުންގެ ހަމްދަރުދީ ފޮނުވި އެވެ.

ހިނގާލުން
ފްރާންސްގެ ރައީސް ފްރެންސިސްކޯ ހޮލޭންޑޭ އެ އެއްވުން ސިފަ ކުރައްވައި ވިދާޅުވީ އެއް ދުވަހަކަށް "ޕެރިސް ދުނިޔޭގެ ކެޕިޓަލް" އަށްވި ކަމަށެވެ. ފްރާންސުގެ އިންޓީރިއާ މިނިސްޓްރީ އިން ބުނީ އެ ހިނގާލުމުގައި ތިން މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރޫން އަދި ފްރާންސް ރައީސް
މިލިޔުމާ އެކު އެ ވަނީ އެ ހިނގާލުމުގެ މުހިންމު ފޮޓޯތަކެވެ.