ކުއެޓާ، ޕާކިސްތާން (އޭޕީ) - ޕާކިސްތާނުގެ ޕްރޮވިންސެއް ކަމަށްވާ ބަލުޗިސްތާންގެ ހުޅަނގު-ދެކުނުގައިވާ އެގައުމުގެ އަސްކަރިއްޔާގެ ޗެކްޕޮއިންޓަކަށް ބަޔަކު މީހުން ބަޑިން ހަމަލާދީ ސިފައިންގެ ހަތް މީހުން މަރާލައިފި ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ޕާކިސްތާން ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ، އަބްދުލް ހަލީމް ވިދާޅުވީ، އެ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި، މެޚްތާރު ސަރަހައްދުގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ލޫރުލާއިގައި ކަމަށެވެ. ލޫރުލާއީ އަކީ، ބަލުޗިސްތާން ޕްރޮވިންސްގެ ވެރިކަންކުރާ ސިޓީ، ކުއެޓާގެ އިރު-އުތުރުން 250 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

ހަލީމް ވިދާޅުވީ، ރޭ ދަންވަރު ލޫރުލާއީގެ އެ ޗެކްޕޮއިންޓަކަށް ބަޔަކު ހަމަލާދޭން ފެށި ކަމަށެވެ. އަދި ގަޑިއިރުތަކަކަށް ދެމިގެންދިޔަ އެ ހަމަލާތަށް ދިނީ ކޮންބައެއްކަން ނޭނގޭ ކަމަށާއި އެ ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ބަޔަކު ނަގާފައި ނުވާ ކަމަށެވެ.

ލޫރުލާއީ އަކީ، ބަލުޗިސްތާނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާއި، އަލްގައިދާ ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުދަގަ ރަށެކެވެ.